ދުނިޔެ
ޓްރަމްޕް އަނެއްކާވެސް ޣައްޒާގެ ރައްޔިތުން ފަލަސްތީނުން ބޭރުކުރުމަށް ގޮވާލައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮޓޯ:އިންޓަނެޓް
މިދިޔަ ހޯމަ ދުވަހުގެ ރޭ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޣައްޒާގެ ރައްޔިތުން ފަލަސްތީނުން އެހެން ޤައުމުތަކަށް ބަދަލުކުރުމަށް އަނެއްކާވެސް ގޮވާލައިފައެވެ. އެކްސިއޯސް ނިއުސް ވެބްސައިޓުގެ ނޫސްވެރިއެއްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ޓްރަމްޕް މިފަދައިން ވާހަކަދައްކާފައިވަނީ އޭނާގެ މަތިންދާބޯޓުގައި ނޫސްވެރިންނާ ވާހަކަދައްކަމުންނެވެ.
އަޅުގަނޑު ބޭނުންވަނީ އެމީހުން އަމާން ތަނެއްގައި ދިރިއުޅެން. ޣައްޒާއަކީ އެތައް އަހަރެއް ވަންދެން ނަރަކައެއްގެ ގޮތުގައި އޮތް ތަނެއް. އެމީހުންނަށް މާ ރަނގަޅު އަދި ފަސޭހަ ތަންތަނުގައި ދިރިއުޅެވިދާނެ
ޓްރަމްޕް
ޓްރަމްޕް ވަނީ މިސުރުގެ ރައީސް އަބްދުލް ފައްތާޙް އައް-ސީސީއާ ވާހަކަދައްކައި، ޣައްޒާގެ ރައްޔިތުން ފަލަސްތީނުން މިސުރަށް ފޮނުވުމާ ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށްވެސް ބުނެފައެވެ.
އަޅުގަނޑު އައް-ސީސީއަށްވަރަށް ބޮޑަށް އެހީތެރިވެފައިވާނެ، އަދި އަޅުގަނޑު އުންމީދުކުރަނީ އޭނާ އަޅުގަނޑުމެންނަށް އެހީތެރިވާނެ ކަމަށް. އަޅުގަނޑު ހިތުން އޭނާ އެކަން ކުރާނެ ފަލަސްތީނުން ބަލައިގަންނާނެއަދި ޖޯޑަންގެ ރަސްގެފާނުވެސް އެކަން ކުރާނެ
ޓްރަމްޕް
ނަމަވެސް، ޓްރަމްޕްގެ މި ބަސްތަކާ ގުޅިގެން ޖޯޑަން އަދި މިސުރުން ވަނީ ފަލަސްތީނުން އެމީހުންގެ ބިމުން ނެރުމާ ދެކޮޅަށް ރަސްމީ ބަޔާންތައް ނެރެފައެވެ. މީގެ ކުރިންވެސް ޓްރަމްޕް ވަނީ ޣައްޒާއިން ފަލަސްތީނުން ނެރުމަށް ގޮވާލާފައެވެ.