Ads by Exprox

ޚަބަރު

ވިނަރެސް ފްލެޓްތައް ކައިރީގައި ހިނގި އެކްސިޑެންޓުގައި ކާރުގައި ގައި ތިބި މީހުންނަށް ދައުވާ ކުރަނީ!

ވިނަރެސް ފްލެޓްތައް ކައިރީގައި ހިނގި އެކްސިޑެންޓުގައި ކާރުގައި ގައި ތިބި މީހުންނަށް ދައުވާ ކުރަނީ!

ވިނަރެސް ކައިރީގައި ހިނގި އެކްސިޑެންޓްގައި ހަލާކުވި ކާރު. ފޮޓޯ: ޓުވިޓަރ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ސެޕްޓެމްބަރު 2024، 08:20

15 ސެޕްޓެމްބަރު 2024، 08:20

މިއަހަރުގެ ޖުލައި މަހު، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓްތައް ހުންނަ ސަރަޙައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައ ިކާރުގައި އެވަގުތު ތިބި މީހުން ކަމަށް  ތުހުމަތުވާ ތިން މީހުންނަށް ދައުވާކުރަން ދިވެހި ފުލުހުންގެ ޚިދުމަތުން، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އަށް ފޮނުވައިފިއެވެ.


ޖުލައި މަހުގެ 31 ވަނަ ދުވަހު ވިނަރެސް ފްލެޓްތައް ކައިރީގައި، ރޭސް ކާރެއް ކޮންޓްރޯލުން ނެއްޓި، އެކާރު ޖެހިފައިވަނީ ސައިކަލުގައި މަގުގެ އެއްފަރާތުގައި ފޯން ކޯލަކަށް ޖަވާބުދޭން މަޑުކޮށްލައިގެން އިން މީހެއްގެ ގައިގައެވެ. 


 ކާރުން ޖެހުމާއެކު ސައިކަލުގައި އިން މީހާ ދުރަށް ވިއްސައިގެން ގޮސްފައިވާ މަންޒަރު އެސަރަޙައްދުގެ ސީސީޓީވީ ކެމެރާއަކަށް ވަނީ އަރައިފައެވެ.

އެ ހާދިސާ ހިނގުމާއެކު، އެ ކާރުގައި ތިބި ތިން މީހުން ވެސް އެ ސަރަޙައްދު ވަނީ ފިލައިފައެވެ. ނަަމަވެސް ފުލުހުންވަނީ އެ ތިން މީހުން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. 


މިއެކްސިޑެންޓާއި ގުޅިގެން ފުލުހުން ހައްޔަރުކޮށް ދައުވާ ކުރަން ފޮނުވައިފައިވާ ތިން މީހުންނަކީ:-
1.    އިބްރާހިމް އިކުރާމް، މ. ލޭންޑްއޮފްގާޑަން/ ކ.މާލެ
2.    އިކްރާމުއްރަހުމާން، ހ. ނޫރަންމާގެއާގެ/ ކ.މާލެ
3.    ޖިނާހު އިސްމާއިލް، އާޒާދުގެ/ ގއ. ކަނޑުހުޅުދޫ


އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު މީޑިޔާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، އެ އެކްސިޑެންޓް ވީވަގުތު ކާރުގައި ތިބި ތިން މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީގެ އޮފީހަށް ފޮނުވުމުން، އެ މައްސަލަ ބަލައިގަތުމަށް އެ އޮފީހުން ނިންމާފައިވާ ކަމުގައެވެ.


އެ އެކްސިޑެންޓުގައި އަނިޔާވި ފިރިހެން މީހާގެ ޙާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco