Ads by Exprox

ޚަބަރު

އެފްއެސްއެމްގެ ޝެޑުތަކުން ފުޅިއާއި ހަންހަމަށް ތެޔޮދޫކުރާ އުސޫލަށް ބަދަލުތަކެއް ގެނެއްސި

އެފްއެސްއެމްގެ ޝެޑުތަކުން ފުޅިއާއި ހަންހަމަށް ތެޔޮދޫކުރާ އުސޫލަށް ބަދަލުތަކެއް ގެނެއްސި

އެފްއެސްއެމް ޝެޑެއްގެ ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

28 ޖެނުއަރީ 2025، 10:53

އެފްއެސްއެމުން މާލެއާއި ހުޅުމާލޭގައި ހިންގާ ޕެޓްރޯލް ޝެޑުތަކުން، ހަންހަމާއި ފުޅިފުޅީގައި ތެޔޮ ވިއްކުމަށް ހެދިފައިވާ ޤަވާއިދުތަކަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

އެފްއެސްއެމުން ވިދާޅުވީ، ތެޔޮ ވިއްކުމަށް، މާލެއާއި ހުޅުމާލޭގައި ހަދާފައިވާ ޝެޑުތަކުން ތެޔޮ ދޫކުރާ އުސޫލަށް ގެނެވޭ ބަދަލުތަކަށް އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރެވެމުން ދާނެކަމަށެވެ. 

އެގޮތުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފުޅިއަކަށް ކަސްޓަމަރަކަށް ގިނަވެގެން ދޫކުރެވޭނީ ދުވާހަލަކަށް 3 ލީޓަރު، އަދި ފުޅިއަށް ތެޔޮ އަޅާދެވޭނީ އެ ކަސްޓަމަރެއްގެ އައިޑީކާޑު ހުށަހެޅުމުންކަމަށެވެ. 

ހަންހަމަށް ތެޔޮ ދޫކުރެވޭނީ، ކަނޑުދަތުރުފަތުރު ކުރުމަށް ބޭނުންކުރާ ޑިންގީ ނުވަތަ ލޯންޗުގެ ރަޖިސްޓްރިއަށް ބަލައި، ދުވާލަކު ގިނަވެގެން 80 ލީޓަރުކަމަށް ވެސް އެ ކުންފުނިން ވިދާޅުވެފައިވެއެވެ. 

މި ބަދަލުތަކަކީ، ސަލާމަތީ މިންގަނޑުތަކަށް ބަލައި އުސޫލަށް ބަދަލު ގެންނަން ފެންނާތީއާއި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އަވަހަށް ހިދުމަތް ފޯރުކޮށްދިނުމުގެ މަޤްސަދުގައ ގެނެސްފައިވާ ބަދަލުތަކެއްކަމަށް ވެސް އެފްއެސްއެމުން ވިދާޅުވެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco