Ads by Exprox

ޚަބަރު

އަމިއްލަ ދެދަރިންނަށް ޖިންސީ ގޯނާ ކުރި ބައްޕައަކު ހައްޔަރުކޮށްފި!

އަމިއްލަ ދެދަރިންނަށް ޖިންސީ ގޯނާ ކުރި ބައްޕައަކު ހައްޔަރުކޮށްފި!

ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް ހެދިފައިވާ ޕޯސްޓަރެއް. ފޮޓޯ: އިންޓަރނެޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ސެޕްޓެމްބަރު 2024، 08:21

15 ސެޕްޓެމްބަރު 2024، 08:21

އަމިއްލަ ދެ އަންހެން ދަރިންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. 

ފުލުހުންބުނީ މާލޭގައި ބައްޕައަކު އޭނާގެ ދެ އަންހެން ދަރިންނާއި ތިމާގެ އެހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އެ އިދާރާއަށް ހުށައެޅިފައިވާ ކަމަށެވެ. 

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.

ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ، މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 42 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައި ވާކަމަށެވެ.

މި މައްސަލައިގެ ތަޙުޤީޤު މިހާރު ކުރިއަށްދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަކީ ރާއްޖޭގެ ޤާނޫނުގައި ނުހަނު ބޮޑެތި އަދަބު ކަނޑައެޅިފައިވާ ބައެކެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco