ޚަބަރު
އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގައި ޑރ. މަރިޔަމް މާރިޔާ ބައިވެރިވެވަޑައިގަންނަވައިފި
އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ތެރެއިން/ ފޮޓޯ : ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ އެކްސް
އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވުނު އިވެންޓެއްގައި ޑރ. މަރިޔަމް މާރިޔާ ބައިވެރިވެވަޑައިގަންނަވައިފިއެވެ.
އިންޑިއާގެ ހައި ކޮމިޝަނުން ބޭއްވި މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރު ވަނީ އިންޑިއާއާއި، ދިވެހިރާއްޖެއާ ދެމެދު ދެމެހެއްޓިފައިވާ ބަދަހިކަން ފާހަގަކުރަށްވާ، އެ ގުޅުން އެގޮތުގައި ދެމެހެއްޓުމަށް އެދޭކަން އިންޑިއާގެ ހައި ކޮމިށަނަށް ހާމަކޮށްދެއްވާ، މަޝްވަރާކުރައްވާފައެވެ.
Minister Dr. Maryam Mariya @mmaryambu attended the 76th Republic Day Reception of India, hosted by the High Commission of India in the Maldives @HCIMaldives . The event celebrated the enduring friendship and strong ties between Maldives and India. pic.twitter.com/ig6BzAgeHI
— Ministry of Agriculture and Animal Welfare (@MAAWmv) January 28, 2025
މި ރަސްމިއްޔާތުގައި، އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަހުގެ އުފާ ފާޅުކުރުމުގެ އިތުރުން، ރާއްޖެއާއި އިންޑިއާއާ ދެމެދު، ދިގު މުއްދަތަކަށް ދެމިގެން ގޮސްފައިވާ ބަދހި ގުޅުމެއް ދެމެހެއްޓިފައި ވާކަން ވަޒީރު ފާހަގަކުރައްވާފައިވެއެވެ.