Ads by Exprox

ޚަބަރު

ހއ. ފިއްލަދޫ ކައުންސިލް އައު އިމާރާތުގެ ބިންގާ އަޅައިފި

ހއ. ފިއްލަދޫ ކައުންސިލް އައު އިމާރާތުގެ ބިންގާ އަޅައިފި

ހއ. ފިއްލަދޫ ކައުންސިލް އައު އިމާރާތުގެ ބިންގާ އެޅުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

28 ޖެނުއަރީ 2025، 03:50

28 ޖެނުއަރީ 2025، 03:50

ހުލާސާ

މި މަޝްރޫޢު ހަވާލުކޮށްފައިވަނީ މެލޭޝިއާގެ ކުންފުންޏެއްކަމަށްވާ ހެކްސްޓަރ ގްލޯބަލްއާ

ތިލަދުންމަތީ އުތުރުބުރީ ހއ. ފިއްލަދޫގައި އެޅުމަށް ހަމަޖެހިފައިވާ އައު ކައުންސިލް އިމާރާތުގެ ބިންގާ އަޅައިފިއެވެ.

ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ފިއްލަދޫ ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އަޅުއްވާދެއްވީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު އެވެ. 

ކައުންސިލްތަކުގެ ޖާގައިގެ މައްސަލަތައް ހައްލުކޮށްދެއްވުމަށް އައު އޮފީސް އިމާރާތްކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން، ރައީސް ވަނީ 55 ރަށެއްގެ ކައުންސިލް  އިމާރާތް އެޅުމަށް ނިންމަވާފައެވެ. މި މަސައްކަތް ކުރުމަށް ހަވާލުކުރައްވާފައި ވަނީ، މެލޭޝިއާގެ ކުންފުންޏެއްކަމަށްވާ ހެކްސްޓަރ ގްލޯބަލްއާ އެވެ. މި މަޝްރޫޢު ނިންމުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2 އަހަރާއި 6 މަސް ދުވަހުގެ މުއްދަތަކަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ ހަފްތާގެތެރޭގައި ރ.އަތޮޅުގެ ހަ ރަށެއްގައި ކައުންސިލް އިމާރާތުގެ ބިންގާ އަޅުއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco