ޚަބަރު
މަސްވެރިންނަށް ފައިސާ ދިނުމާއި، ބޭރުފައިސާ ބޭންކަށް ވެއްދުމުގައި ދެމެހެއްޓެނިވި ނިޒާމެއް މިފްކޯއިން ޤާއިމްކޮށްފި
ދޮށީގެ މަސްވެރިކަން/ ފޮޓޯ: މަސްވެރިން.އެމްވީ
މަސްވެރިންނަށް ފައިސާ ދިނުމުގެ ނިޒާމަކީ ދެމެހެއްޓެނިވި ނިޒާމެއް ކަމަށާއި، މިފްކޯއަކީ މިހާރުގެ ބޭންކިންގ ސިސްޓަމުގެ ތެރެއަށް ބޭރު ފައިސާ ވައްދާ ކުންފުންޏެއް ކަމުގެ ޔަޤީންކަން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާލިބޭނެ ނިޒާމެއް ޤާއިމުކުރުން ހިމެނިގެންދެއެވެ. މި ވަޢުދާ އެއްގޮތަށް މަސްވެރިންނަށް ފައިސާ ދޫކުރަން ފަށާފައިވާއިރު، މި ނިޒާމަކީ ދެމެހެއްޓެނިވި ނިޒާމެއްކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފާވާކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.
މަސްވެރިންނަށް ފައިސާ ދިނުމާއި، ފައިސާ ދިނުމުގެ ނިޒާމު ދެމެހެއްޓެނިވިކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށް ވަޒީރު އަހުމަދު ޝީޔާމު ވެސް ވިދާލުވެފައިވެއެވެ. މި މަސައްކަތް ކުރިއަށް ދަނީ، ރައީސްގެ ވަޢުދާއި ޕްލޭނާ އެއްގޮތަކައް ކަމަށާއި، މި މަސައްކަތަކީ ވަރަށް ކާމިޔާބު މަސައްކަތެއްކަމަށް ވަޒީރު އަހުމަދު ޝީޔާމު މަޢުލޫމާތުދެއްވާފައިވެއެވެ.
މިފްކޯއަކީ ދިވެހި ރާއްޖެއަށް އެންމެ ގިނަ ބޭރު ފައިސާ ވައްދާ ކުންފުނިތަކުން ކުންފުންޏެއް. މަސްވެރިކަން ރަނގަޅުވީމަ ބޭރުފައިސާ ވަންނަވަރު އިންތިހާއަށް ރަނގަޅު އެބަވޭ. މިފްކޯގެ ކަންކަން ހަރުދަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަދި އަޅުގަނޑުވެސް ވަރަށް ގާތުން ބަލަމުން މިދަނީ. މީގެ ތެރެއިން މިފްކޯއަށް ވަންނަ ބޭރުފައިސާ އާންމުންނަށްވެސް ލިބޭނެ އިންތިޒާމެއް އެބައޮތް ހަމަޖެހިފައި. އެއީ ބީއެމްއެލްއަށް މި ފައިސާ މާރުވާނެ މެކޭނިޒަމްތަކެއް މިހާރު އެބައޮތް.
މަސްވެރިކަމާއި ބެހޭ ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
މިފްކޯ މެދުވެރިކޮށް ބޭރުފައިސާ ރާއްޖޭގެ ބޭންކިންގ ނިޒާމަށް ވަންނަ ގޮތަ ހަމަޖެހިގެން ދިޔައީ، މިފްކޯއާއި، ބީއެމްއެލާއި މާލީ ވުޒާރާއާ ދެމެދު ވެވުނު އެއްބަސްވުމުގެ ތެރެއިންނެވެ. ވަޒީރު ވިދާޅުވީ، މިކަމުގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސް އަށާއި، އެ ބޭންކުގެ ކަސްޓަމަރުންނަށް އަދި މަސްވެރިންނަށްވެސް ފައިދާ ވެގެންދާ ކަމަށެވެ. މިހާރު ހަމަޖެހިފައިވާ އިންތިޒާމުގެ ދަށުން، މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ބޭންކު މެދުވެރިކޮށް ފައިސާ ޖަމަޢުކޮށްދެއެވެ. އަދި މިކަމަށް ބޭނުންވާ ފައިސާ މިފްކޯއިން ދެނީ ޑޮލަރުންނެވެ.
މިފްކޯއިން ލަފާކުރާގޮތުގައި، އަހަރުގެ ތެރޭގައި އެވްރެޖްކޮށް 300 މެޓްރިކް ޓަނުގެ މަސް އެވްރޭޖްކޮށް ކިރުވަމުންދާނަމަ 50 މިލިޔަން ޑޮލަރު ލިބޭނެއެވެ. އަދި މިއީ މިފްކޯގެ އަމާޒަށްވާއިރު ސަރުކާރުން ވަނީ މިއަދަދު 90 މިލިޔަން ޑޮލަރަށް މަތި ކުރުމަށް އަމާޒު ހިފާފައެވެ. އެގޮތުން ސްޓޯރޭޖް ކެޕޭސިޓީ އިތުރުކޮށް ރާއްޖެއިން ބޭރުކުރެވޭ މަހުގެ މިންވަރު އިތުރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.