Ads by Exprox

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ހއ. ތަކަންދޫއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ހއ. ތަކަންދޫއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ހއ. ތަކަންދޫއަށް ވަޑައިގަތުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

29 ޖެނުއަރީ 2025، 11:07

29 ޖެނުއަރީ 2025، 11:07

ހުލާސާ

މިއީީ ރައީސް ވަޑައިގެންނެވި 5 ވަނަ ރަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. ތަކަންދޫއަށް ވަޑައިގެންފިއެވެ. އެ މަނިކުފާނު މި ރަށަށް ވަޑައިގެންފައިވަނީ، ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާ ތަކަންދޫއަށް ވަޑައިގެންނެވުމުން، އެ ރަށުގެ ގިނަބަޔަކު ވަނީ ބަނދަރު ސަރަޙައްދަށް އެއްވެ، އެ މަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެމަނިކުފާނު ވަޑައިގެންނެވި 5ވަނަ ރަށެވެ. މި ރަށުގައި، އެ މަނިކުފާނު ވަނީ ރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއި، ރަށުގެ މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން، ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ. މީގެ އިތުރުން، ތަކަންދޫގައި އަލަށް ޢިމާރާތްކުރާ ކައުންސިލް އިމާރާތުގެ ބިންގާ އެޅުއްވުމާއި، ތަކަންދޫގެ ފުލުހުންގެ މަރުކަޒު ހުޅުއްވާދެއްވުމަށް ވަނީ ހަމަޖެހިފައެވެ. 

ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ މި ދަތުރުފުޅު ފެއްޓެވީ އަންގާރަ ދުވަހުއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. އަދި، މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުއެވެ.  

މި ލިޔުން ކިޔާލުމުން

Ads by Stelco