Ads by Exprox

ޚަބަރު

ރާއްޖެއާއި ޔޫއެންއެފްޕީއޭ އާ ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކޮށްފި!

ރާއްޖެއާއި ޔޫއެންއެފްޕީއޭ އާ ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކޮށްފި!

ރީޖަނަލް ކޮންފަރެންސް އޮން ޕޮޕިއުލޭޝަން އޭޖިންގައި ޑރ. އައިޝަތު ޝިހާމް ބައިވެރިވެވަޑައިގަތުން. ފޮޓޯ:ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ސެޕްޓެމްބަރު 2024، 03:21

16 ސެޕްޓެމްބަރު 2024، 03:21

ރާއްޖެއާ ޔޫއެންއެފްޕީއޭ އާ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށްފިއެެވެ. 

އިންޑޮނޭޝިއާގެ ބާލީގައި މި މަހު 11 އިން 13 އަށް ބޭއްވުނު "ރީޖަނަލް ކޮންފަރެންސް އޮން ޕޮޕިއުލޭޝަން އޭޖިން" ގައި ބައިވެރިވެވަޑައިގެން، އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވަނީ ޔޫއެންއެފްޕީއޭއާއެކު ގާތް ގުޅުމެއް ބަދަހިކުރުމަށް މަޝްވަރާކުރައްވާފައެވެ.

މި ކޮންފަރެންސްގައި 400 އަށް ވުރެ ގިނަ މަންދޫބުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ކޮންފަރެންސް ގައި ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވަނީ ޔޫއެންއެފްޕީއޭގެ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، ރާއްޖޭގެ އާބާދީގެ ބަދަލުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މީގެ އިތުރުން، ވަޒީރު ވަނީ ޔޫއެންއެފްޕީއޭގެ އޭޝިޔާ ޕެސިފިކް ސަރަޙައްދުގެ ޑިރެކްޓަރާ ބައްދަލުކުރައްވާފައެވެ.

ކޮންފަރެންސްގެ ތެރޭގައި ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވަނީ އެސްކޭޕްގެ ސެކެޓްރީއާވެސް ބައްދަލުކުރައްވައިފައެވެ. އަދި ރާއްޖެއާ އެސްކޭޕްއާއި ދެ ފަރާތުން ގުޅިގެން ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރައްވާފައިވެއެވެ.

މި ދަތުރުފުޅުގައި ވަޒީރު ވަނީ އިންޑޮނޭޝިޔާގައި ހުންނަ އިސްރަށްވެހިންގެ ކެއަރ ސެންޓަރަކަށްވެސް ޒިޔާރަތްކުރައްވާފައެވެ.

ރާއްޖޭން މި ކޮންފަރެންސްގައި ބައިވެރިވުމުން، ރާއްޖެއާއި ޔޫއެންއެފްޕީއޭއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ. އަދި އާބާދީއާ ގުޅުންހުރި ދާއިރާތަކުގައި އިތުރު އެހީތެރިކަން ލިބިގެންދާނެ ކަމަށް ބެލެވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco