Ads by Exprox

ޚަބަރު

މީހަކަށް ބިރުދައްކައި އެމީހާގެ އަތުން ފައިސާތަކެއް ފޭރުނު ބަޔަކަށް ދައުވާކުރަން ފޮނުވައިިފި!

މީހަކަށް ބިރުދައްކައި އެމީހާގެ އަތުން ފައިސާތަކެއް ފޭރުނު ބަޔަކަށް ދައުވާކުރަން ފޮނުވައިިފި!

ފޭރުނު މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުން. ފޮޓޯ:ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ސެޕްޓެމްބަރު 2024، 03:25

16 ސެޕްޓެމްބަރު 2024، 03:25

މީހަކު ބަރަހަނާކޮށް އެމީހާއަށް ބިރުދައްކައި އޭނާގެ އަތުން ފައިސާތަކެއް ފޭރުނު ބަޔަކަށް ދައުވާކުރަން ފޮނުވައިފިއެވެ.

މި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅައިފައިވަނީ ފޮނުވާފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

ފުލުހުން ބުނެފައިވަނީ މއ. މަސްފަން ގެއަށް ދިވެހި ފިރިހެނަކު ވައްދައި، އެމީހާއަށް ވަޅިން ބިރު ދައްކައި ބަރަހަނާކޮށް ފޭރުނު މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށެވެ.

ޖުލައި މަހުގެ 24 ވަނަ ދުވަހު އެ ތިން މީހުން ވަނީ އެމީހާ ބަރަހަނާކުރުމަށްފަހު އޭނާގެ މޯބައިލް ފޯނުއަތުލައި ގަދަކަމުން  ބޭންކު އެކައުންޓުން ފައިސާ ޓްރާންސްފާކުރުވައި އަދި އޭނާގެ ކޭޝްކާޑު ބޭނުންކޮށްގެން އެކައުންޓުގައިހުރި ފައިސާތައްވެސް ނަގާފައެވެ. 

މި މައްސަލައިގައި ދައުވާކޮށްދޭން އެދި ޕީޖީއަށް ފޮނުވާފައި ވަނީ މއ. މަސްފަން، އުމުރުން 43 އަހަރުގެ ޢާއިޝަތު އާއި މއ. މަސްފަން، އުމުރުން 27 އަހަރުގެ މުޙައްމަދު ރީހާން އާއި ސ. ހިތަދޫ، ސޯމާ، އުމުރުން 35 އަހަރުގެ ޝަފީޤު އިބްރާހީމުގެ މައްޗަށެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ތިން މީހުން ހައްޔަރުކޮށް، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

 

މި ލިޔުން ކިޔާލުމުން

Ads by Stelco