Ads by Exprox

ޚަބަރު

ގެސްޓް ހައުސްއަކަށް މީހަކު ވައްދާ ފޭރުނު މައްސަލައެއްގައި ދެމީހަކަށް ދައުވާ ކުރަން ފޮނުވައިފި!

ގެސްޓް ހައުސްއަކަށް މީހަކު ވައްދާ ފޭރުނު މައްސަލައެއްގައި ދެމީހަކަށް ދައުވާ ކުރަން ފޮނުވައިފި!

ފޭރުނު މައްސަލާގައި ފުލުހުން ހައްޔަރުކުރި ދެމީހުން. ފޮޓޯ:ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ސެޕްޓެމްބަރު 2024، 06:41

16 ސެޕްޓެމްބަރު 2024، 06:41

ގެސްޓު ހައުސްއަކަށް މީހަކު ވައްދާ ފޭރުނު މައްސަލައެއްގައި ދެމީހަކަށް ދައުވާ ކުރަން ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. 

މިކަމަކީ ނިމިދިޔަ ޖުލައި 19 ވަނަ ދުވަހު ހިނގައިދިޔަ ކަމެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެކަން ހިނގައިދިޔަ ގޮތް ހާމަކުރަމުން ފުލުހުން ބުނެފައިވަނީ މާލެ، ޔެލޯ ލައިޓް ސްޓޭ ގެސްޓު ހައުސްއަށް ދިވެހި ފިރިހެނަކު ވައްދައި، އެ މީހާއަށް ތޫނު އެއްޗިހިން ބިރުދައްކައި، އޮރިޔާންކޮށް، އޭނާގެ ވޮލެޓުގައި ހުރި ފައިސާ ނަގައި އެކައުންޓުގައި ހުރި ފައިސާ ޓްރާސްފަރކޮށް ފޭރިފައިވާ ކަމަށެވެ. 

 އަދި މި މައްސަލައިގެ ތަހުޤީޤު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަައި ވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މައްސަލައިގެ ތަހުޤީޤަށް ނިންމައި، ގ. އޯލްޕެރިސް، އަޙްމަދު މިހާދު (44އ) އަދި ގ. ރަނައުރާގެއާގެ، ރިމާނާ މޫސާ (39އ) މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމައިދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މި ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހު ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco