Ads by Exprox

ޚަބަރު

ސްޓެލްކޯގެ ޓްރާންސްފޯމަރ ސަބްސްޓޭޝަނުން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ސްޓެލްކޯގެ ޓްރާންސްފޯމަރ ސަބްސްޓޭޝަނުން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ސްޓެލްކޯގެ ޓްރާންސްފޯމާރ ސްޓޭޝަނެއް ފޮޓޯ:އެޑިޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 ޖެނުއަރީ 2025، 09:45

30 ޖެނުއަރީ 2025، 09:45

ސްޓެލްކޯގެ ޓްރާންސްފޯމަރ ސަބްސްޓޭޝަނަކުން ވައްކަން ކުރަން އުޅުނު މީހަކު މިއަދު ފަތިހު ހައްޔަރުކޮށްފިއެވެ.ސްޓެލްކޯއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިއަދު ފަތިހު 2:50 ގައި މާފަންނު މަދުރަސާ ސަރަހައްދުގައި ހުރި ޓްރާންސްފޯމަރ ސަބްސްޓޭޝަނަށް ވަދެ، ވައްކަމުގެ ޢަމަލެއް ހިންގަން އުޅުނު މީހަކު ސީސީޓީވީ ކެމެރާއިން ފެނުނެވެ. މި މަންޒަރު ފެނުމާއެކު ފުލުހުންނަށް އަންގައި، އެ މީހާ ވަނީ ހައްޔަރުކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ސްޓެލްކޯއިން ފާހަގަކުރެއްވި ގޮތުގައި، މިފަދަ ވައްކަމުގެ ޢަމަލުތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. މި މަހުގެ 14 ވަނަ ދުވަހު ހުޅުމާލޭގައި ކަރަންޓު ޚިދުމަތް ދިނުމަށް ބަހައްޓާފައި ހުރި ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ހުއްޓުވަން އުޅުމުން ސްޓެލްކޯގެ މުވައްޒަފަކަށް ހަމަލާ ދީ މާރާމާރީ ހިންގާފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.

ސްޓެލްކޯއިން އިތުރަށް ވިދާޅުވީ، މާލޭގެ ސަބްސްޓޭޝަންތަކަކީ 24 ގަޑިއިރު ކެމެރާއިން މޮނިޓަރ ކުރެވޭ ތަންތަން ނަމަވެސް، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ސަބްސްޓޭޝަންފަދަ ތަންތަނުން ކުރެވޭ މިފަދަ ވައްކަންތައް ހުއްޓުވުމަށް އާންމު ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

ސްޓެލްކޯއިން އާންމުންނަށް އިލްތިމާސްކުރައްވާފައިވަނީ މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކުން، އެކަމަކީ އެމީހުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއްކަން ދެނެގަނެ، އެފަދަ ޢަމަލުތަކުން ދުރުހެލިވުމަށެވެ. އަދި މިފަދަ ޢަމަލުތައް ހުއްޓުވުމަށް އާންމުންގެ އެއްބާރުލުން ދިނުމަށް ވެސް އެދިވަޑައިގެންފައިވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by Stelco