Ads by Exprox

ޚަބަރު

ބަނގުރަލާއެކު ބިދޭސީއަކު ހައްޔަރުކޮށްފި!

ބަނގުރަލާއެކު ބިދޭސީއަކު ހައްޔަރުކޮށްފި!

ބަނގުރަލުގެ މައްސަލާގައި ހައްޔަރުކުރި ބިދޭސީމީހާ. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ސެޕްޓެމްބަރު 2024، 06:42

16 ސެޕްޓެމްބަރު 2024، 06:42

ބަނގުރަލާއެކު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލާގައި ބަލާފާސްކޮށްފައިވަނީ މާލެ ބޮޑުފުޅައް ގޯޅީގައި އޮތް ކާރެކެވެ. އަދި ކާރު ބަލާފާސްކޮށް ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައިކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

ސެޕްޓެންބަރު 12 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި، ފުލުހުން ބޮޑުފުޅައް ގޯޅިން ދިޔައިރު ކާރެއް ކައިރީގައި ތިބި ބަޔަކަށް ފުލުހުން ފެނުމުން ކާރު ދޫކޮށްލާފައި ގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ. އެހެންކަމުން، ތުހުމަތުކުރެވިގެން ފުލުހުން ގޮސް އެކާރު ބަލައިފާސްކުރިއިރު 106 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. 

މި މައްސަލައާ ގުޅިގެން ރަސުލް އުލާ ރިދޯއީ (30އ) ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

މި މައްސަލަ ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco