ޚަބަރު
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި ބަނގުރާ ނައްތާލައިފި
ފުލުހުންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ/ ފޮޓޯ: ފުލުހުނގެ ޚިދުމަތް އެކްސް
2185 ބްރޭންޑެޑް ފުޅިއާއި 213 ޕެޓް ފުޅި އަދި 2001 ދަޅު ބިޔަރު ނައްތާލާފައިވާކަމަށާއި،
އެހެނިހެން ތަކެތީގެ ގޮތުގައި 81 އައިޓަމު ނައްތާލާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ދޫނިދޫގައި އިއްޔެ ބަންގުރާތައް ނައްތާލެވިފައިވާއިރު، މި ބަނގުރަލަކީ ފުލުހުންނަށް ހުށަހަޅާފައިވާ ބަނގުރާގެ މައްސަލަތަކުގެ ތެރެއިން، ފައިލުކުރުމަށް ނިންމާފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިސް އަދި ހުޅުމާލެ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް، ތުހުމަތުކުރެވޭ ފަރާތެއް ނެތްގޮތަށް ގެނެވިފައިވާ އިންސިޑެންޓުތަކުގައި ހިމެނޭ ބަނގުރާގެ އިތުރުން ކޭސްކޮށްފައިވާ މައްސަލަތަކުގެ ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން މިތަކެތި ނައްތާކެވިފައިވާކަމަށާއި، މި މަސައްކަތް ކުރިއަށް ދިޔައީ އެކަމަށްޓަކައި އެކުލަވާލައިފައިވާ ކޮމިޓީގެ ދަށުންކަމަށް ވެސް ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.