ޚަބަރު
ހޯރަފުށީގައި ޖުވެނައިލް ހާފްވޭ ހައުސެއް ހުޅުވައިފި
ނައްތާލެވުނު ބަނގުރާ/ ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް އެކްސް
ހޯރަފުށީގައި ޤާއިމުކުރާ ޖުވެނައިލް ހާފްވޭ ހައުސް ރައީސުލްޖުމހޫރިއްޔާ ހުޅުއްވައިދެއްވައިފިއެވެ.
މި ޖުވެނައިލް ހާފްވޭ ހައުސް ހުޅުވައިދެއްވާ، އެތަނުގެ ދިދަ ރައީސުލްޖުމްހޫރިއްޔާ ނަންގަވައިދެއްވި ރަސްމިއްޔާތުގައި، ދާޚިލީ ސަލަމަތާއި ފަންނީއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، އެވުޒާރާގެ ދަށުން ހިންގަމުންދާ ޖުވެނައިލް ޖަސްޓިސް ޑިޕާޓްމެންޓްގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވާފައިވެއެވެ.
ފުލުހުންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިhttps://t.co/Omr3cEhf4i pic.twitter.com/rUgQFmpV3G
— Maldives Police (@PoliceMv) January 30, 2025
ކުޑަކުދިންގެ ޖިނާޢީ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތެރޭގައި، މާލޭގައި ޤާއިމްކުރެވިފައިވާ ޚިދުމަތްތައް ލާމަރުކަޒުކޮށް އަތޮޅުތަކަށް ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކަކީ، ސަރުކާރުގެ މުހިންމު ސިޔާސަތެއްގެ ދަށުން ކުރެވެމުންދާ މަސައްކަތްތަކެކެވެ.
މި މަރުކަޒަކީ ކުރު މުއްދަތަކަށް ނުވަތަ ދިގު މުއްދަތަކަށް އެކަހެރިކޮށްގެން ފަރުވާ ދޭންޖެހޭ ކުދިންނަށް ފަރުވާ ދެވޭނެ ނިޒާމެއް ހަމަޖެއްސުމަށް ތަރައްޤީކޮށްފައިވާ މަރުކަޒެއް. އިސްލާހީ ފިޔަވަޅުތައް އެޅުމަށްޓަކައި ދިގުމުއްދަތަކަށް ބަންދުގައި ތިބުމަށްފަހު، އެކުދިންގެ ޙާލަތަށް ބިނާކޮށް ކުއްޖާއަށް ބޭނުންވާ ޚާއްސަ ފަރުވާތައް މިތަނުން ދެވޭނެ. މިގޮތުން ސެންޓަރުގައި އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް ޚާއްސަކޮށްގެން ވަކި އެކޮމޮޑޭޝަން ބްލޮކްތަކެއް ވެސް ހުންނާނެ. ޖުވެނައިލް ޖަސްޓިސް ޑިޕާޓްމެންޓުން ވިދާޅުވެއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެފައި ވަނީ، ކުޑަކުދިންގެ ޖިނާޢީ ޢަދުލުގެ ނިޒާމު ހަރުދަނާ ދެމެހެއްޓެނިވި ގޮތެެއްގައި ކުރިއަށް ގެންދެވުމަށް ބޭނުންވާ ވަޞީލަތްތައް ނެތްކަމަށާއި، އެ ވަޞީލަތްތައް ހަމަ ކުރުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެއްކަމަށެވެ.