Ads by Exprox

ޚަބަރު

މީހެއްގެ ވައިބަރ އާއި ފޭސްބުކް ހެކް ކޮށް ހޯދި ފައިސާތަކެއް ހޯދައިފި!

މީހެއްގެ ވައިބަރ އާއި ފޭސްބުކް ހެކް ކޮށް ހޯދި ފައިސާތަކެއް ހޯދައިފި!

ދިވެހި ފުލުހުންގެ ހެޑްއޮފީސް. ފޮޓޯ:މިހާރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ސެޕްޓެމްބަރު 2024، 06:43

16 ސެޕްޓެމްބަރު 2024، 06:43

މީހެއްގެ ވައިބަރ އާއި ފޭސްބުކްގެ ކޮންޓްރޯލް ހޯދައި މަކަރާ ހީލަތުން ހޯދި ފައިސާ ތަކެއް އަނބުރައި ހޯދައި އޭގެ ވެރިފަރާތާއި ހަވާލުކޮށްފި ކަމަށް ދިވެހި ފުލުހުންގެ ޚިދްމަތުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ، މި ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ހުށަހަޅާފައިވާ މި މައްސަލައާ ގުޅިގެން، އެ ފައިސާތައް ހޯދުމަށް ހެންވޭރު ޕޮލިހާއި ސައިބަރ ސެންޓަރުގެ ފުލުހުން ގުޅިގެން ކުރި މަސައްކަތުން ހަ ގަޑިއެއްހާއިރުގެ ތެރޭގައި އެ ފައިސާތައް ހޯދައިފައިވާ ކަމަށެވެ. 

 އެގޮތުން، އެކި މީހުން ފައިސާ ޖަމާކޮށްފައިވާ ތިން އެކައުންޓުގެ ވެރިފަރާތް ހޯދައި ދެނެގަނެ 10700 ރުފިޔާ ހޯދާފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. 

އަދި މި މައްސަލައާ ގުޅިގެން މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު، އޭ.ޓީ.އެމް މެދުވެރިކޮށް ފައިސާ ޖަމާކޮށްފައިވާ ސްލިޕްތަކަކާއި ކޭޝްކާޑު ތަކަކާއި ދިރާގު އަދި އުރީދޫ ސިމްތަކެއް ފެނިފައިވާ ކަމަށްވެސް ދިވެހި ފުލުހުންގެ ޚިދްމަތުން ބުނެއެވެ. 

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށާއި، މި މައްސަލަ ފުލުހުން ގެންދަނީ ތަހުޤީޤު ކުރަމުންދާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. 

 

މި ލިޔުން ކިޔާލުމުން

Ads by Stelco