Ads by Exprox

ޚަބަރު

އިންޖީނުގެތަކުގެ ހާލަތު ބެއްލެވުމަށް ސްޓެލްކޯގެ އެމްޑީ ގުޅިއާއި މާފުއްޓަށް

އިންޖީނުގެތަކުގެ ހާލަތު ބެއްލެވުމަށް ސްޓެލްކޯގެ އެމްޑީ ގުޅިއާއި މާފުއްޓަށް

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ފޮޓޯ:ސްޓެލްކޯ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 ޖެނުއަރީ 2025، 04:44

30 ޖެނުއަރީ 2025، 04:44

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީއާއި ކުންފުނީގެ ބައެއް އިސްވެރިން  ވަނީ ކ. ގުޅިއާއި ކ. މާފުއްޓަށް ޚާއްޞަ ދަތުރެއް ކުރައްވާފައެވެ. މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ އެ ދެ ރަށުގެ އިންޖީނުގެތަކުގެ ހާލަތު ގާތުން ބެއްލެވުމާއި، ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތައް އޮޅުންފިލުވުމެވެ.

ދަތުރުގައި ސްޓެލްކޯގެ ވެރިން ވަނީ ގުޅީގެ އިންޖީނުގެއާއި ފެން ޕްލާންޓް ބައްލަވާލައްވާފައެވެ. އަދި މާފުށީގައި މިހާރު ހުރި އިންޖީނުގެއާއި، އަލަށް އިންޖީނުގެ އެޅުމަށް ލިބިފައިވާ ބިން މާފުށީ ކައުންސިލްގެ ބޭފުޅުންނާއެކު ބައްލަވާލައްވާފައިވެއެވެ.



މި ދަތުރުގައި ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ވަނީ މުވައްޒަފުންނާ ބައްދަލުކުރައްވައި، ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، އިންޖީނުގެތަކުގެ ހާލަތު ރަނގަޅުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ.

މި ދަތުރަކީ ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކޮށް، އިންޖީނުގެތަކުގެ ހާލަތު ރަނގަޅުކުރުމަށް ސްޓެލްކޯއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު ދަތުރެއް ކަމަށް ސްޓެލްކޯއިން މަޢުލޫމާތު ދެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by Stelco