Ads by Exprox

ޚަބަރު

ސްޓެލްކޯއިން ހިއްމަފުށީގައި އިޔާދަކުރަނިވި ހަކަތައިގެ އައު ހޯދުމެއް: އިރުގެ ދަތުރަށް ބަލައިގެން ހަކަތަ އުފައްދާ ނިޒާމެއް ޤާއިމްކުރަނީ

ސްޓެލްކޯއިން ހިއްމަފުށީގައި އިޔާދަކުރަނިވި ހަކަތައިގެ އައު ހޯދުމެއް: އިރުގެ ދަތުރަށް ބަލައިގެން ހަކަތަ އުފައްދާ ނިޒާމެއް ޤާއިމްކުރަނީ

ސްޓެލްކޯއިްނ ޤާއިމްކުރާ އިޔާދަކުރަނިވި ހަކައިތައިގެ ނިޒާމް ފޮޓޯ:ސްޓެލްކޯ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

31 ޖެނުއަރީ 2025، 12:16

31 ޖެނުއަރީ 2025، 12:16

ދިވެހިރާއްޖޭގެ އިޔާދަކުރަނިވި ހަކަތައިގެ ދާއިރާގައި އައު ސަފްހާއެއް ފެށިގެންދާއިރު، ސްޓެލްކޯއިން ކ. ހިއްމަފުށީގައި އިރުގެ ދަތުރަށް ބަލައިގެން ހަކަތަ އުފައްދާ ނިޒާމެއް ޤާއިމްކޮށްފިއެވެ. މިއީ ރާއްޖޭގައި މިފަދަ ނިޒާމެއް ޤާއިމްކުރެވުނު ފުރަތަމަ ފަހަރެވެ.

ސްޓެލްކޯއިން މަޢުލޫމާތު ދެއްވިގޮތުގައި، މި އައު ނިޒާމަކީ އާންމު ގޮތެއްގައި ބޭނުންކުރާ ސޯލާ ޕެނަލްތަކާ އަޅާބަލާއިރު 75 އިންސައްތަ އިތުރަށް ކަރަންޓު އުފެއްދޭނެ ނިޒާމެކެވެ. މި ނިޒާމުގެ ޚާއްޞަކަމަކީ އިރުގެ ދަތުރަށް ބަލައި، އެންމެ އެކަށީގެންވާ ގޮތަށް ޕެނަލްތައް އަމިއްލައަށް ބަދަލުވަމުންދިއުމެވެ.



ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިޔާދަކުރަނިވި ހަކަތައަށް ދެއްވާ އިސްކަމާ އެއްގޮތަށް ކުރިއަށްގެންދެވޭ މި މަޝްރޫޢަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީއަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ސްޓެލްކޯއިްޓެލްކޯއިން ފާހަގަކުރެއެވެ.

މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އެހެން ރަށްރަށުގައިވެސް މިފަދަ ނިޒާމުތައް ޤާއިމްކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިއީ ރާއްޖެ ފޮސިލް ފިއުލްއަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައިވެސް ފާހަގަކުރެވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by Stelco