Ads by Exprox

ޚަބަރު

މާލޭ ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށައިފި

މާލޭ ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށައިފި

މުންނާރުގެ އާބާތުރަ ފިލުވުން ފޮޓޯ: ސަޤާފީ ތަރިކައާއި ގުޅޭ ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

31 ޖެނުއަރީ 2025، 01:51

31 ޖެނުއަރީ 2025، 01:51

މާލޭ ހުކުރުމިސްކިތުގެ މުންނާރުގައި ކުރަން ހުރި އާބާތުރަފިލުވުމާއި މަރާމާތުކުރުމުގެ މަސައްކަތް، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި ސްޓެލްކޯ ގުޅިގެން ފަށައިފިއެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މަޢުލޫމާތު ދެއްވިގޮތުގައި، މި މަސައްކަތް ކުރިއަށް ގެންދަނީ މިއަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެގޮތުން ރޯދަ މަހުގެ ކުރިން ހުކުރު މިސްކިތާއި އެ މިސްކިތުގެ ގޯތިތެރޭގައި ހުރި ތަންތަނާއި މުންނާރުގެ އާބާތުރަފިލުވުމުގެ މަސައްކަތް ނިންމައި، އެ ސަރަޙައްދު ޒީނަތްތެރިކޮށް ނިންމުމަށް ވަނީ ރޭވިފައެވެ.

މި މަސައްކަތުގެ ތެރޭގައި މުންނާރުގެ އުވަކެހުމާއި އުވަލުން، ކުލައާއި ދަވާދުލުން ހިމެނެއެވެ. މީގެ އިތުރުން ހުކުރު މިސްކިތުގެ ގޯތިތެރެ ސާފުކުރުމާއި މެދު ޒިޔާރަތުގައި ހުރި އާބާތުރަ ފިލުވުމުގެ އިތުރުން، އެތަނުގައި ހުރި ބައެއް އެހެނިހެން އާސާރުތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެއެވެ.



މުންނާރުގެ މަރާމާތާއި އާބާތުރަ ފިލުވުމުގެ މަސައްކަތަކީ ސްޓެލްކޯގެ އިޖްތިމާޢީ ޒިންމާގެ ދަށުން އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތެކެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ސްޓެލްކޯއާ ދެމެދު 4 ފެބްރުއަރީ 2024 ގައި ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. މި މަސައްކަތް 2025 ޖަނަވަރީ 26 އިން 2025 ފެބްރުއަރީ 24 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތުގެ ސަބަބުން ރާއްޖޭގެ އެންމެ މުހިންމު އާސާރީ ތަންތަނުގެ ތެރެއިން އެއްތަނެއް ކަމުގައިވާ މާލޭ ހުކުރު މިސްކިތާއި އެ ސަރަޙައްދު އިތުރަށް ޒީނަތްތެރިވެ، ރައްޔިތުންނަށާއި ފަތުރުވެރިންނަށް މި ތާރީޚީ ތަނުގެ އަގު އިތުރަށް ވަޒަންކުރެވޭނެ ކަމަށް ބެލެވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by Stelco