Ads by Exprox

ޚަބަރު

ފާއިތުވި ހަމަސްދުވަހުގެ ތެރޭގައި 400އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދައިފައިވޭ: އެންޑީއޭ

ފާއިތުވި ހަމަސްދުވަހުގެ ތެރޭގައި 400އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދައިފައިވޭ: އެންޑީއޭ

ނޭޝަނަލް ޑްރަގްސް އެޖެންސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ސެޕްޓެމްބަރު 2024، 08:04

16 ސެޕްޓެމްބަރު 2024، 08:04

ހުލާސާ


ފާއިތުވި ހަމަސްދުވަހުގެ ތެރޭގައި 400 އަށްވުރެ ގިނަ މީހުންނަށް ނޭޝަނަލް ޑްރަގް އެޖެންސީ އިން ފަރުވާހޯދައިފައިވާ ކަމަށް އެ އެޖެންސީއިން ބުނެފިއެވެ. 

އެއެޖެންސީ އިން ބުނެފައިވަނީ، މިސަރުކާރު ފެށުނުއިރު ރިހެބިލިޓޭޝަން ފަރުވާ ހޯދުމަށް  ވެއިޓިންގެ ލިސްޓުގައި 700 ވުރެ ގިނަ މީހުން ލިސްޓުކޮށްފައި ތިބިކަމަށެވެ. އަދި އެ ފަރާތްތައް ފަރުވާއަށް ވެއްދުމުގެ ގޮތުން "އޮޕަރޭޝަން ފަނާރު"ގެ ނަމުގައި ޚާއްޞަ އޮޕަރޭޝަނެއް މިދިޔަ އަހަރު ޑިސެމްބަރުގައި ފަށާފައިވާކަމަށްވެސް އެއެޖެންސީއިން ބުނެފައިވެއެވެ.

އެގޮތުން މި އޮޕަރޭޝަނުގެ ދަށުން ފާއިތުވެދިޔަ 6 މަސް ދުވަހުގެ ތެރޭގައި 446 ވުރެ ގިނަ މީހުން ރިހެބިލިޓޭޝަން ފުރިހަމަކޮށްފައިވާ ކަމަށާއި، އެކި ސަބަބުތަކާއި ހުރެ އަދި ފަރުވާ ނުފެެށޭ 254 މީހުން ތިބިކަމަށް އެންޑީއޭއިން ބުނެއެވެ.

އެންޑީއޭއިން އިތުރަށް ބުނީ، މި ފަރުވާ މުޅި ރާއްޖެއަށް ފުޅާކުރުމުގެ ވިސްނުމުގައި، ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން އެންޑް ރިއިންޓަރގްރޭޝަން އެޕްރޯޗަކަށް ބަދަލުކޮށްފައިވާކަމަށާއި، ކޮމިޔުނިޓީ ފަރުވާއަށް އަމުރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ކަރެކްޝަންގެ ބަންދުގައި ތިބި ފަރާތްތަށް ބަންދުގައި ބައިތިއްބައިގެން ފަރުވާ ކުރިއަށް ގެންދިއުމަށް މަޝްވަރާ ކުރަމުންދާކަމަށްވެސް އެންޑީއޭ އިން ބުނެފިއެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި މިހާރު އެންމެ ކަންބޮޑުވާ އެއް މައްސަލައެވެ.

 

މި ލިޔުން ކިޔާލުމުން

Ads by Stelco