Ads by Exprox

ޚަބަރު

އަމިއްލަ ދަރިންނަށް ޖިންސީ ގޯނާ ކުރި ބައްޕަގެ ބަންދަށް 30 ދުވަސް ޖަހައިފި!

އަމިއްލަ ދަރިންނަށް ޖިންސީ ގޯނާ ކުރި ބައްޕަގެ ބަންދަށް 30 ދުވަސް ޖަހައިފި!

ޖިންސީ ގޯނާއާއި ދެކޮޅަށް އަޑު އުފުލުމަށް ބޭއްވި މުޒާހަރާއެއް. ފޮޓޯ:އެމްވީ ކްރައިސިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ސެޕްޓެމްބަރު 2024، 08:05

16 ސެޕްޓެމްބަރު 2024، 08:05

އަމިއްލަ ދަރިންނަށް ޖިންސީ ގޯނާ ކުރި ބައްޕަގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ. 

އަމިއްލަ ދެދަރިންނާއި އަދި އާއިލާގެ އިތުރު ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 42 އަހަރުގެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ޖަހައިފައިވަނީ މިއަދުއެވެ. 

އެމީހާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ. 

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco