ދުނިޔެ

މޭޒެއްގެ މަތީ ފައިސާ އަތުރައިގެން ބޭނުން ވަރަކަށް ފައިސާ ނެގުމުގެ ފުރުޞަތާއިއެކު އަހަރީ ބޯނަސް ދީފި

މޭޒެއްގެ މަތީ ފައިސާ އަތުރައިގެން ބޭނުން ވަރަކަށް ފައިސާ ނެގުމުގެ ފުރުޞަތާއިއެކު އަހަރީ ބޯނަސް ދީފި

ޗައިނާގައި ބޯނަސް ދިނުމަށް ބޭއްވި ހަރަކާތް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

31 ޖެނުއަރީ 2025، 05:51

31 ޖެނުއަރީ 2025، 05:51

ޗައިނާގެ ހެނަން މައިނިންގ ކްރޭން ކުންފުނިން އަހަރީ ބޯނަހެއްގެ ގޮތުގައި މުވައްޒަފުންނަށް 11 މިލިއަން ސިންގަޕޫރު ޑޮލަރު ދިނުމަށް ޚާއްޞަ ހަރަކާތެއް ބާއްވައިފިއެވެ. މި ހަރަކާތުގައި ކުންފުނީގެ މެނޭޖްމަންޓުން މޭޒެއްގެ މަތީގައި ފައިސާ އަތުރާލުމަށްފަހު، މުވައްޒަފުންނަށް 15 މިނެޓުގެ ތެރޭގައި ބޭނުންވާ ވަރަކަށް ފައިސާ ނެގުމުގެ ފުރުޞަތު ދިނެވެ.

މި ހަރަކާތުގެ ވީޑިއޯ ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޙިއްޞާކުރުމާއެކު، އިންސްޓަގްރާމްގައިވެސް ޕޯސްޓްކޮށްފައިވެއެވެ. ވީޑިއޯގައި ފެންނަނީ ބޮޑު މޭޒެއްގައި ގިނަ އަދަދެއްގެ ފައިސާ އަތުރާލާފައިވާ މަންޒަރެވެ. އަދި މުވައްޒަފުން ވީހާވެސް އަވަހަކަށް ފައިސާ ގުނައި، ނަގަމުންދާ މަންޒަރުވެސް ފެނެއެވެ.

8 ޑޭސް އިން ރިޕޯޓުކުރި ގޮތުގައި، އެއް މުވައްޒަފަކަށް 15 މިނެޓުގެ ތެރޭގައި 100،000 ޗައިނީޒް ޔުއާން (18،700 ސިންގަޕޫރު ޑޮލަރު) ނެގިއެވެ. މި ވީޑިއޯއާ ގުޅިގެން ގިނަ ބަޔަކު އެކި ގޮތްގޮތަށް ކޮމެންޓުކޮށްފައިވެއެވެ. އޭގެ ތެރޭގައި މަޖާ ކޮމެންޓުތަކާއި، ހައިރާން ކަމުގެ ކޮމެންޓުތައް ހިމެނެއެވެ.

މި ހަރަކާތަކީ ބައެއް ކުންފުނިތަކުން މުވައްޒަފުންނަށް ޚާއްޞަ އިނާޔަތްތައް ދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން ފާހަގަކޮށްލެވޭ ކަމެކެވެ. މިފަދަ ހަރަކާތްތަކުން މުވައްޒަފުންގެ ހިތްހަމަޖެހުން އިތުރުވެ، މަސައްކަތުގެ ފެންވަރު މަތިވާނެ ކަމަށް ބެލެވެއެވެ.
                    

މި ލިޔުން ކިޔާލުމުން