Ads by Exprox

ޚަބަރު

ޓުއަރިޒަމް މިނިސްޓްރީއާއި އެންވަޔަރަމެންޓު މިނިސްޓްރީ އެއްކޮށްލައްވައިފި

ޓުއަރިޒަމް މިނިސްޓްރީއާއި އެންވަޔަރަމެންޓު މިނިސްޓްރީ އެއްކޮށްލައްވައިފި

މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމެންޓްގެ މަޤާމަށް ޠާރިޤު އިބްރާހީމް ޢައްޔަންކުރެއްވުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

01 ފެބްރުއަރީ 2025، 03:32

01 ފެބްރުއަރީ 2025، 03:32

ހުލާސާ

ރައީސުލްހުމްޖޫރިއްޔާ ވަނީ ޠާރިޤު އިބްރާހީމަށް މިނިސްޓަރުކަމުގެ ލިޔުން ހަވާލުކުރައްވާފަ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެއްކޮށްލައްވައިފިއެވެ.

މި ދެ މިނިސްޓްރީ އެއްކޮށްލައްވާ، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމެންޓްގެ މަޤާމަށް އައްޔަނުކުރައްވާފައިވަނީ ޠާރިޤު އިބްރާހީމްއެވެ. މިކަމަށް ޚާއްޞަ ރަސްމިއްޔާތެއް މިއަދު މެންދުރުފަހު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވަވާފައެވެ. 

މި ރަސްމިއްޔާތުގައި ޠާރިޤު އިބްރާހިމް ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަހާޒް ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި ހުވާ ކުރައްވާފައެވެ. އަދި، އެއަށްފަހު ރައީސުލްހުމްޖޫރިއްޔާ ވަނީ ޠާރިޤު އިބްރާހީމަށް މިނިސްޓަރުކަމުގެ ލިޔުން ހަވާލުކުރައްވާފައެވެ.

މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަޤާމަށް ޠާރިޤު އިބްރާހީމް ޢައްޔަނުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެބޭފުޅާއާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ތިމާވެއްޓާއި، ފަތުރުވެރިކަން ގުޅުވައިގެން ރާއްޖެ އިޝްތިހާރުކުރެއްވުމުގެ މުހިންމުކަމާއި ބެހޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco