ދުނިޔެ / ޚަބަރު

އޭޝިއަން ޔޫތު ގޭމްސް ބަހްރޭނުގައި ބޭއްވުމަށް ނިންމައިފި

އޭޝިއަން ޔޫތު ގޭމްސް ބަހްރޭނުގައި ބޭއްވުމަށް ނިންމައިފި

އޭޝިއަން ޔޫތު ގޭމްސްގެ ލޯގޯ އިފްތިތާޙުކުރުމަށް ބޭއްވި ޙަފްލާގެ ތެރެއިން/ފޮޓޯ: އިންސައިޑް ދަ ގޭމްސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

01 ފެބްރުއަރީ 2025، 05:44

01 ފެބްރުއަރީ 2025، 05:44

ހުލާސާ

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޝިއަން ޔޫތު ގޭމްސް ގެ 3 ވަަނަ މުބާރާތް

މި އަހަރުގެ އޭޝިއަން ޔޫތު ގޭމްސް ބަހްރޭނުގައި ބޭއްވުމަށް ނިންމައިފި އެވެ. އޭޝިއަން ޔޫތު ގޭމްސް ކުރިއަށް ދާނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 22 އިން ފެށިގެން 30 ގެ ނިޔަލަށެވެ. 

މި ގޭމްސް ކުރިއަށް ދާނީ ޖުމްލަ 21 ކުޅިވަރެއް ހިމަނައިގެން ކަމަށް ބަހްރެއިންގެ އޮލިމްޕިކް ކޮމިޓީ އިން މަޢުލޫމާތުދެއެވެ. މިއަހަރުގެ އޭޝިއަން ޔޫތު ގޭމްސްގައި 45 ގައުމަކުން ޖުމްލަ 2000 އަށް ވުރެ ގިނަ އެތުލީޓުން ބައިވެރިވާނެއެވެ. މީގެ އިތުރުން، މިއަހަރުގެ އޭޝިއަން ޔޫތު ގޭމްސްގެ ލޯގޯ އިފްތިތާޙުކުރުމަށް ޖެނުއަރީ 28 ވަނަ ދުވަހު ބަހްރެއިންގެ މަނާމާގެ ރިޓްޒް ކާލްޓަން ހޮޓެލްގައި ވަނީ ޙާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ގޭމްސް ގެ ކުޅިވަރުތައް ކުރިއަށްދާނީ ބަހްރެއިންގެ ސްޕޯޓްސް ސިޓީ އާއި، ބަހްރެއިން އިންޓަނޭޝަނަލް ސާރކިޓް، އަދި ރޯޔަލް ގޯލްފް ކުލަބުގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

އޭޝިއަން ޔޫތު ގޭމްސް އަކީ، 2009 ވަނަ ސިންގަޕޫރުގައި ފެށި ގޭމްސް އެކެވެ. މި ގޭމް މީގެ ކުރިން ޖުމްލަ 2 ފަހަރު ބާއްވާފާއިވާއިރު، ދެވަނަ ފަހަރަށް ގޭމްސް ކުރިއަށް ގެންގޮސްފައިވަނީ 2014 ވަނަ އަހަރު ޗައިނާގެ ނަންޖިންގައެވެ. މި ދެ އަހަރަށް ފަހު ވެސް މި ގޭމްސް ބޭއްވުމުގެ އެކިއެކި ތައްޔާރީތައްވެފައި ވީ ނަމަވެސް އެކަން ކާމިޔާބުވެފައެއް ނުވެއެވެ. އެގޮތުން، ތިންވަނަ އަހަރު މުބާރާތް ބާއްވަން އުޅުނީ 2017 ގައި ސްރީލަންކާގައެވެ. ނަމަވެސް، މުބާރާތް ޖަޕާނުގައި ބޭއްވުމަށް ބަދަލުކުރުމަށްފަހު، އެ އަހަރުގެ މުބާރަތް ފަސްކުރީއެވެ. އޭގެ ފަހުން، 2021 ވަނަ އަހަރު ޗައިނާގައި މުބާރާތް ބޭއްވުމުގެ އިންތިޒާމުތައް ހަމަޖެއްސިއެވެ. ނަމަވެސް، ކޮވިޑް 19 ގެ ޕެންޑެމިކް ގެ ސަބަބުން އެއަހަރު މުބާރާތް ވަނީ ކެންސަލް ވެފައެވެ. 

މި ގޭމްސްގައި ބައިވެރިވެވޭނީ، ޢުމުރުން 14 އަހަރާއި 17 އަހަރާއި ދެމެދުގެ އެތުލީޓުންނަށެވެ. 

މި ލިޔުން ކިޔާލުމުން