Ads by Exprox

ޚަބަރު

އޮކްޓޫބަރ 1ގެ ކުރިން މަސްވެރިންގެ ދަފުތަރުގައި ރަޖިސްޓަރ ވުމަށް އެދިއްޖެ!

އޮކްޓޫބަރ 1ގެ ކުރިން މަސްވެރިންގެ ދަފުތަރުގައި ރަޖިސްޓަރ ވުމަށް އެދިއްޖެ!

ދިވެހި މަސްދޯންޏެއްގައި މަސްވެރިކަން ކުރަނީ.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ސެޕްޓެމްބަރު 2024، 08:09

16 ސެޕްޓެމްބަރު 2024، 08:09

ހުލާސާ


އޮކްޓޫބަރ 1ގެ ކުރިން މަސްވެރިންގެ ދަފުތަރުގައި ރަޖިސްޓަރ ވުމަށް މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން އެދިއްޖެއެވެ. 

މަސްވެރިން ރަޖިސްޓަރ ވުމަށް އެކުލަވައިލައިފައިވާ މި ދަފުތަރަކީ މަސްވެރިންނަކީ ދައުލަތުން ދަންނަ ބަޔަކަށް ހެދުމުގެ މަޤްޞަދުގައި އެކުލަވާލާ ދަފުތަރެކެވެ. 

މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާބެހޭ ވުޒާރާއިން ނެރެފައިވާ އިޢުލާނެއްގައި ބުނީ 16 ފެބްރުއަރީ 2024 ގައި "ކެޔޮޅު" ނަމަކަށް ކިޔާ ފޯނު އެޕްލިކޭޝަނެއް އިފްތިތާޙްކޮށްފައިވާނެކަމަށެވެ.

މި ދަފުތަރު ފުރިހަމަކުރުމަށްޓަކައި އެވުޒާރާ އިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެކަމަށާއި، މީގެ ތެރޭގައި މަސްވެރި އުޅަނދުތަކުގެ ޒިންމާވާ ފަރާތްތަކަށް ގުޅުމާއި، މަސްވެރި ރަށްރަށާއި މަސްކިރާ ބަނދަރުތަކަށް ވުޒާރާގެ މުވައްޒަފުން ދަތުރުކޮށް މަޢުލޫމާތު ދިނުން ހިމެނޭ ކަމަށް ބުނެފައިވެއެވެ. 

މި ދަފުތަރުން އެއްކުރެވޭ މަޢުލޫމާތުތަކަކީ މަސްވެރިކަމާބެހޭ ތަރައްޤީގެ މަޝްރޫޢުތައް ފަރުމާކުރުމަށާއި، މަސްވެރިންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޛުކުރުމަށް މުހިންމު މަޢުލޫމާތުތަކެކެވެ.

އެ ވުޒާރާއިން އިތުރަށް ބުނެފައިވަނީ 1 އޮކްޓޫބަރު 2024 އިން ފެށިގެން މަސްވެރިކަމުގެ ލައިސަންސް އައުކުރުމުގެ މަރުޙަލާގައި އުޅަނދުގެ އެންމެހައި ފަޅުވެރިން ދަފުތަރުގައި ރަޖިސްޓަރީ ކުރެވިފައިވާކަން ޔަޤީންކުރާނެ ކަމަށެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފައިވަނީ ލައިސަންސް ލިބިފައިވާ އުޅަނދުތަކުގެ ފަޅުވެރިން އިސްވެދެންނެވުނު ތާރީޚުގެ ކުރިން ދަފުތަރުގައި ރަޖިސްޓަރ ކުރެވިފައިވާކަން ކެޔޮޅު ނުވަތަ އުޅަނދުގެ ވެރިފަރާތް ނުވަތަ އުޅަނދު އޮޕަރޭޓް ކޮށް އުޅަނދުގެ ކަންކަމާ ޒިންމާވާ ފަރާތުން ޔަޤީންކުރުމަށެވެ.

ދަފްތަރުގައި ރަޖިސްޓަރީވުމުގައި މައްސަލައެއް ދިމާވެއްޖެނަމަ، އެވުޒާރާގެ، ފިޝަރީޒް ކޮމްޕްލަޔަންސް ސެކްޝަންގެ ވައިބަރ ނަންބަރ (7928721) އަށް މެސެޖް ކުރުމަށްވެސް އެ އިޢުލާންގައި އެދިފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco