Ads by Exprox

ޚަބަރު

ދަނޑުވެރިން ހައްދާ ތަކެތި މާކެޓުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގުރާމުތަކެއް ކުރިއަށް ދަނީ

ދަނޑުވެރިން ހައްދާ ތަކެތި މާކެޓުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގުރާމުތަކެއް ކުރިއަށް ދަނީ

ދަނޑުވެރިން ހައްދާ ތަކެތި މާކެޓުކުރާނެ އުކުޅުތައް ދަސްކޮށްދިނުމުގެ ޚާއްސަ ތަމްރީނުތަކުގެ ތެރެއިން/ ފޮޓޯ: ދަނޑުވެރިކަމާ ބެހޭ ވުޒާރާ

01 ފެބްރުއަރީ 2025، 05:45

ދަނޑުވެރިންނަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ދަނީ، ދަނޑުވެރިން ހައްދާ ތަކެތި މާރކެޓުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގުރާމެއް ކުރިއަށް ގެންދަމުންނެވެ.

ދަނޑުވެރިން ހައްދާ ތަކެތި މާކެޓުކުރާނެ އުކުޅުތައް ދަސްކޮށްދޭ މި ޕްރޮގުރާމުތަކަކީ، މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމުގެ ދަށުން ހިނގޭ ޕްރޮގުރާމުތަކެކެވެ. މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމަކީ އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އިފާޑް) އާއި ދިވެހި ސަރުކާރާއި ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ތަމްރީނުގެ މަޤުސަދަކީ ކާމިޔާބު ދަނޑުވެރިކަމުގެ ވިޔަފާރިއެއް ފެށޭނެ ގޮތުގެ މަޢުލޫމާތު ދަނޑުވެރިންނަށް ދިނުމާއި، މާލީ ރެކޯޑު ބެލެހެއްޓުމާއި ފަސޭހަކަމާއިއެކު ވިޔަޔަފާރީގެ ހުށަހެޅުންތައް އެކުލަވާލަން ދަސްކޮށްދިނުންކަމަށް ދަނޑުވެރިކަމާ ދިރޭތަކެއްޗާބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ. ހަމައެހެންމެ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގޮތްތައް ދަސްކޮށްދިނުމުގެ އިތުރުން މާކެޓިންގ އައިޑިއާތަކާއި މާރުކޭޓު މަސައްކަތްކުރާ ގޮތުގެ މަޢުލޫމާތު ވެސް މި ޕުރޮގުރާމުތަކުގެ ތެރއެިން ފޯރުކޮށްދެވިގެން ދާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. 

ކާމިޔާބުކަމާއެކު ޖުމުލަ 12 ރަށެއްގައި މިޕްރޮގުރާމު މިހާތަނަށް ބޭއްވިފައިވާއިރު، މި ޕްރޮގުރާމުގައި ސާޅީހަށްވުރެ ގިނަ ދަނޑުވެރިން ބައިވެރިވެފައިވާ ކަމަށް ވެސް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ. 

ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއަރުވާ އަމިއްލަ އުފެއްދުންތެރިކަން އިތުރުކޮށް، ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މި އަމާޒަށް ވާސިލްކޮށްދިނުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނދުވެރިކަން ކުރަމުންއަންނަ ފަރާތްތަކަށް ބޭނުންވާ މައުލޫމާތާއި ތަމްރީން ޕްރޮގްރާމްތައްދަނީ ބާއްވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco