ޚަބަރު
އައިޖީއެމްއެޗް އީ-ޕޯޓަލުން، އާއިލާ މީހުންނަށް އެޕޮއިންޓުމަންޓު ހަދައިދީ، ލެބް ރިޕޯޓުތައް ބަލާލެވޭގޮތް ހަދައިފި
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް/ ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް
އައިޖީއެމްއިޗުގެ އީ-ޕޯޓަލް މެދުވެރިކޮށް، ގާތްތިމާގެ މީހުންނާއި، ބެލުމުގެދަށުގައި ތިބި މީހުންގެ އެޕޮއިންޓުމެންޓު ހެއްދުމާއި، ލެބް ރިޕޯރޓްސް އަދި މެޑިކަލް ރިކޯރޑްސް ބަލާލެވޭ އިންތިޒާމު ހަމަޖެހިފައިވާކަމަށް އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ.
އީ-ޕޯޓަލްގެ ޚިދުމަތް އައިޖީއެމްއެޗުން ފަށާފަައިވަނީ 2021 ވަނަ އަހަރެވެ. މި ޚިދުމަތް މެދުވެރިކޮށް ހުރިހާ މެޑިކަލް ރެކޯޑުތަކެއް ޑިޖިޓަލްކޮށް ބަލައިލެވޭނެއެވެ. މިހާތަނަށް އީ-ޕޯޓަލުން ޞިއްޙީ ލިޔުކިޔުންތަށް ބަލާލެވޭނީ، ހަމައެކަނި ލޮގިންވާ ފަރާތުގެ މަޢުލޫމާތެވެ. ނަމަވެސް، މި ގެނެވުނު ބަދަލާއެކު، މިހާރު ވަނީ ގާތްތިމާގެ މީހުންނާއި އަދި ބެލުމުގެ ދަށުގައި ތިބޭ މީހުންގެ އެޕޮއިންޓްމަންޓު ހެދުމާއި، ލެބް ރިޕޯޓުތައް އަދި މެޑިކަލް ރިކޯޑުތައް ބަލާލެވޭނެ ގޮތް ހަމަޖައްސާފައެވެ.
މިއަދުން ފެށިގެން އައި.ޖީ.އެމް.އެޗްގެ އީ ޕޯޓަލް މެދުވެރިކޮށް ގާތްތިމާގެ މީހުންނާއި އަދި ބެލުމުގެ ދަށުގައި ތިބޭ މީހުންގެ އެޕޮއިންޓްމަންޓު ހެއްދެއްވުމާއި ލެބް ރިޕޯޓްސް އަދި މެޑިކަލް ރިކޯޑްސް ބެއްލެވޭނެއެވެ. pic.twitter.com/cCWqLyhOCB
— IGMH (@igmhmv) January 31, 2025
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަކީ ގިން އަދަދެއްގެ މަޔަކު ޞިއްޙީ އެހީތެރިކަން ހޯދުމަށް ބަރޯސާވާ ތަނެއްކަމުން، މި ހޮސްޕިޓަލުގް ޚިދުމަތްތައް ވީހާވެސް ލުއިފަސޭހަކުރުމަކީ ސަރުކާރުން ޚާއްސް އިސްކަމެއް ދެއްވާކަމެކެވެ.