Ads by Exprox

ޚަބަރު

ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމުގެ މަސައްކަތު ޕްލޭނެއް އެކުލަވާލަނީ

ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމުގެ މަސައްކަތު ޕްލޭނެއް އެކުލަވާލަނީ

ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމާ ގުޅޭ މަޝްވަރާތަކުގެ ތެރެއިން: އާދަމް ޝަރީފް އުމަރު އެކްސް

01 ފެބްރުއަރީ 2025، 08:20

ހދ. ހިރިމަރަދޫ ރައްޔިތުން ބަދަލުކުރުމުގެ އަމަލީ މަސައްކަތް ކުރިއަށްގެންދާނެ ގޮތަކާމެދު، ސިޓީތަކާއި، އިދާރާތަކާއި، މަޝްވަރާކުރެވެން ފަށައިފއެެވެ.

ހިރިމަރަދޫގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް އެދިފައި ވަނީ، މިދިޔައަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މިކަމާ ގުޅޭ މަޝްވަރާތައް މިދިޔަ އޮކްޓޫބަރ މަހު ފެށި، މިހާރު ސަރުކާރުން ދަނީ ހިރިމަރަދޫގެ ރައްޔިތުން ބަދަލުކުރާނީ ހަނިމާދޫއަށް ކަމަށް ނިންމަވާފައެވެ. 



ސިޓީތަކާއި އިދާރީ ދާއީރާތަކާއި އާއްމު ޚިދުމަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ހިރިމަރަދޫގެ ރައްޔިތުން އެދިލެއްވިގޮތަށް، އެ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެކަމާއި، ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ މަގުޗާޓެއް އެކުލަވައިލުމާއި، ޢަމަލީ މަސައްކަތްތައް ފެށުމުގައި ލަސްތަކެއް ނުވާނެކަން ހާމަކުރައްވާފައެވެ. 

293 މީހުންގެ އާބާދީއަކާއެކު ހިރިމަރަދޫ ފާހަގަކުރެވިފައި ވަނީ، ރާއްޖޭގެ އެންމެ އާބާދީ މަދު އެއްރަށުގެ ގޮތުގައެވެ. ސަރުކާރުގެ ޢަމާޒަކީ މާލެއަށް ބަރޯސާނުވެ އަތޮޅުތަކުންވެސް ޒަމާނީ ޚިދުމަތްތައް ލިބޭނެ ގޮތަށް ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައިވެސް އަރބަން ސެންޓަރެއް ތަރައްޤީކުރުން ކަމަށް ވާއިރު، ކުދި ރަށްރަށުގެ ރައްޔިތުން ވެސް މިފަދަ ފުރުޞަތުތައް އޮތް ރަށްރަށަށް ޝަޢުގުވެރިކަން އިތުރުވެ، އެ ރަށްރަށަށް އަމިއްލަ އިޚްތިޔާރުގައި ހިޖުރަކުރުމުގެ ފުރުޞަތު ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco