Ads by Exprox

ޚަބަރު

އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީގެ އަދަދު ބޮޑު ކުރަން ނިންމައިފި

އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީގެ އަދަދު ބޮޑު ކުރަން ނިންމައިފި

ވަޒީރު މޯޑީ އާއި ރައީސުލްޖުމްހޫރިއްޔާ/ ފޮޓޯ: އަވަސް

01 ފެބްރުއަރީ 2025، 08:47

އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީގެ އަދަދު، ހިނގަމުންދާ މާލީ އަހަރަށްވުރެ އިތުރުކޮށް، އެ ޤައުމުގެ ސަރުކާރުން އޭޕްރީލު މަހު ފަށާ މާލީ އަހަރަށް ބަޖެޓު ހުށަހަޅައިފިއެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ވަނީ، ކުރައަށް އޮތް މާލީ އަހަރަށް ލަފާކުރާ ބަޖެޓު، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހަށް މިހާރު ހުށަހަޅާފައެވެ. އަންނަ އަހަރުގެ ބަޖެޓުގައި ބޭރު ޤައުމުތަކަށް ދޭން ނިންމާފައިވާ އެހީތައް ވެސް އެހެން އަހަރުތަކެކޭ އެއްގޮތަށް، ބަޖެޓުގައި ހިމަނާފައިވެއެވެ. އެ ޤައުމުގެ ޚާރިޖީ ވުޒާރާއަށް ލަފާކޮށްފައިވާ ބަޖެޓުގެ ތަފްސީލުތަކަށް ބަލާއިރު، މިއަހަރު އެންމެ ބޮޑު އެހީއެއް ދޭން ނިންމާފައި ވަނީ ކުރިއެކޭ އެއްގޮތަށް ބޫޓާނަށެވެ.



އައު މާލީ އަހަރުގެ ބަޖެޓުގެ ތެރެއިން ރާއްޖެއަށް އެހީގެގޮތުގައި ދިނުމަށް ހަމަޖެހިފައި ވަނީ 600 ކުރޯޑު ރުޕީސްއެވެ. މިއީ 1.06 ބިލިއަން ދިވެހި ރުފިޔާއާ ގާތްކުރާ އަދަދެކެވެ. މިދިޔަ މާލީ އަހަރަށް އެޤައުމުން ދިވެހިރާއްޖެއަށް ދިނުމަށް ކަނޑައަޅާފައިވަނީ 400 ކުރޯޑު ރުޕީސް، ދިވެހި ރުފިޔާއިން ނަމަ 710 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއަހަރު ބަޖެޓުގައި 200 ކްރޯޑު ރުޕީސް ނުވަތަ 355 މިލިޔަން ރުފިޔާ އިތުރަށް ދިނުމަށް ވަނީ ހިމަނާފައެވެ.

މިދިޔަ މާލީ އަހަރު، އިންޑިއާއިން ދިވެހިރާއްޖެއަށް 400 ކުރޯޑު ރުޕީސްގެ އެހީއެއް ފޯރުކޮށްދިނުމަށް ރާވައިފައި ވީނަމަވެސް، މި އަދަދު 470 ކުރޯޑު ރުޕީސްއަށް އެޤައުމުން ވަނީ އިތުރުކޮށްދެއްވާފައެވެ. އެއާއެކު ހިންގަމުން މިދާ މާލީ އަހަރު 835 މިލިއަން ރުފިޔާގެ އެހީއެއް ދޭން ވަނީ ހިމަނާފައެވެ.

އިންޑިއާއަކީ ރާއްޖެއަށް ގިނަ އެހީތަކެއް ފޯރުކޮށްދެއްމުން އަންނަ ޤައުމެކެވެ. އެގޮތުން އެ ޤައުމުގެ އެހީގައި ބައެއް ޢުމްރާނީ މަޝްރޫޢުތައް ހިންގާއިރު އޭގެތެރެއިން އެއް މަޝްރޫޢުއަކީ ތިލަމާލެ ބްރިޖެވެ. މީގެ އިތުރުން އެޤައުމުގެ އެހީގައި ގެދޮރުވެރިޔާ މަޝްރޫޢުގެ 4000 ފްލެޓުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco