Ads by Exprox

ޚަބަރު

މ. ވީނަސްގެ އަލިފާނުގެ ހާދިސާގައި ގެއްލުންވި ޢާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

މ. ވީނަސްގެ އަލިފާނުގެ ހާދިސާގައި ގެއްލުންވި ޢާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

މ. ވީނަސްގެ އަލިފާނުގެ ހާދިސާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

02 ފެބްރުއަރީ 2025، 11:04

02 ފެބްރުއަރީ 2025، 11:04

މާލޭގެ މ. ވީނަސްގޭގައި  ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެގޭގައި ދިރިއުޅުނު ޢާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ދީފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ހާމަކޮށްފިއެވެ.

އެންޑީއެމްއޭއިން ވިދާޅުވެފައިވަނީ، މި ހާދިސާއާ ގުޅިގެން އެގޭގައި ދިރިއުޅުނު 3 މީހުންނަށް 5 ދުވަހުގެ  މުއްދަތަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. މީގެ އިތުރުން، އެ ޢާއިލާއަށް ބޭނުންވާ އިންސާނީ އެހީތެރިކަންވެސް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެންޑީއެމްއޭއިން ފާހަގަކޮށްފައިވެއެވެ.

މި ހާދިސާގައި އަލިފާން ރޯވި އެޕާޓްމަންޓަށް ލިބުނު ގެއްލުމާ ގުޅޭގޮތުން އެންޑީއެމްއޭއިން މަޢުލޫމާތު ދެއްވާފައިވެއެވެ. އެގޮތުން، އެޕާޓްމަންޓްގެ ބަދިގެ ވަރަށް ބޮޑަށް އަނދާފައިވާކަމަށާއި، ސިޓިންގ ރޫމަށްވެސް ދުމުގެ އަސަރު ބޮޑުވެ، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.

މ. ވީނަސްގޭގެ 7 ވަނަ ފަންގިފިލާގައި އަލިފާން ރޯވެގެން ރިޕޯޓްކުރެވުނީ އިއްޔެ މެންދުރު 13:38 ހާއިރުއެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ އޮފިސަރުން ވަގުތުން ހަރަކާތްތެރިވެ، އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ.

މި ހާދިސާއާ ގުޅިގެން އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by Stelco