Ads by Exprox

ޚަބަރު

ހޮސްޕިޓަލުގެ ސަރޖަރީތައް ހުއްޓާލިކަމަށް ބުނާ ޚަބަރަކީ ދޮގު ޚަބަރެއް:އައިޖީއެމްއެޗް

ހޮސްޕިޓަލުގެ ސަރޖަރީތައް ހުއްޓާލިކަމަށް ބުނާ ޚަބަރަކީ ދޮގު ޚަބަރެއް:އައިޖީއެމްއެޗް

އައިޖީއެމްއެޗްގެ ހައިބްރިޑް ތިއޭޓަރ ފޮޓޯ:އައިޖީއެމްއެޗް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

02 ފެބްރުއަރީ 2025، 02:00

02 ފެބްރުއަރީ 2025، 02:00

އިންދިރާ ޤާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ސަރޖަރީތައް ހުއްޓާލާފައިވާކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދާ ޚަބަރުތަކަކީ ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ކަމަށް އެހޮސްޕިޓަލުން މިއަދު ވަނީ ހާމަކޮށްފައެވެ.

އައިޖީއެމްއެޗުން މިއަދު އެކްސްގައި ކުރި ޕޯސްޓުގައި އެއްވެސް ސަރޖަރީއެއް މިވަގުތު ހުއްޓާލާފައި ނުވާކަމުގެ ޔަޤީންކަން އާންމު ރައްޔިތުންނަށް އަރުވާ ކަމަށް ވަނީ ބުނެފައެވެ. އަދި މިފަދަ ދޮގު މަޢުލޫމާތު ފަތުރަމުންދާތީ، އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފައިވެއެވެ.

އާއްމު ރައްޔިތުންނަށް އޮޅުންއަރާ ގޮތަށް، މިފަދަ ހަޤީޤަތާ ޚިލާފު މަޢުލޫމާތު ސޯޝަލް މީޑިއާގައި ފަތުރަމުންދާތީ، މިކަން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް ޒިންމާދާރުކަމާ އެކު މަޢުލޫމާތު ފެތުރުމަށް ނަޞޭޙަތްތެރިވަން



މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS