Ads by Exprox

ޚަބަރު

ރަމަޟާން މަހުގެ ކަރަންޓު ޑިމާންޑަށް ސްޓެލްކޯ އާއި ފެނަކަ ތައްޔާރުވަނީ

ރަމަޟާން މަހުގެ ކަރަންޓު ޑިމާންޑަށް ސްޓެލްކޯ އާއި ފެނަކަ ތައްޔާރުވަނީ

ރަމަޟާން މަހުގެ ކަރަންޓު ޑިމާންޑަށް ސްޓެލްކޯ އާއި ފެނަކަ ތައްޔާރުވަނީ ފޮޓޯ: ސެޓެލްކޯ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

02 ފެބްރުއަރީ 2025، 03:42

02 ފެބްރުއަރީ 2025، 03:42

ކުރިއަށް އޮތް ރަމަޟާން މަހުގެ ކަރަންޓު ޑިމާންޑަށް ތައްޔާރުވުމުގެ ގޮތުން ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ (ސްޓެލްކޯ) އާއި ފެނަކަ ކޯޕަރޭޝަނުން ފުޅާ ދާއިރާއެއްގައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ ދެ ކުންފުނިން މަޢުލޫމާތު ދީފިއެވެ.

ސްޓެލްކޯއިން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ރަމަޟާން މަހުގެ ކަރަންޓު ޑިމާންޑަށް ފުދޭވަރަށް ކަރަންޓު އުފެއްދުމަށްޓަކައި 13 ޖެނެރޭޓަރު ސެޓު ގެނައުމަށް ނިންމާފައިވާ ކަމަށެވެ. މީގެ ތެރެއިން ބައެއް ޖެނެރޭޓަރު ސެޓުތައް މިހާރު ވަނީ ރާއްޖެ ގެނެވިފައެވެ. އަދި މި ޖެނެރޭޓަރުތައް ކަރަންޓުގެ ނިޒާމާ ގުޅުމުގެ މަސައްކަތް އަވަހަށް ފެށޭނެ ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.

މި އައު ޖެނެރޭޓަރު ސެޓުތަކާއެކު މާލެ ސަރަހައްދުގައި ކަރަންޓު އުފައްދާ މިންވަރު ގާތްގަނޑަކަށް 20 މެގަވޮޓަށް އިތުރުވާނެ ކަމަށް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ. މިއާއެކު، ރަމަޟާން މަހު އެއްވެސް ޝޯޓޭޖެއް ނެތި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމުގެ ޔަޤީންކަން ސްޓެލްކޯއިން ދީފައިވެއެވެ.

އަތޮޅުތަކުގެ ރަށްރަށުގައި ރަމަޟާން މަހު އިތުރުވާ ކަރަންޓުގެ ޑިމާންޑަށް ތައްޔާރުވުމުގެ ގޮތުން ފެނަކަ ކޯޕަރޭޝަނުންވެސް ވަނީ ޚާއްޞަ މަސައްކަތްތަކެއް ފަށާފައެވެ. ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާހް ވިދާޅުވެފައިވަނީ، ރަށްރަށުގެ ޓެކްނިކަލް އިވެލުއޭޝަނެއް ހަދައި، މައްސަލަ ހުރިކަމަށް ފާހަގަކުރެވުނު 46 ރަށުގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން، ހޫނު މޫސުމާއި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން 39 ޖެނެރޭޓަރު ސެޓު ހޯދުމަށް ފެނަކައިން ވަނީ އިޢުލާންކޮށްފައެވެ.

މިއަހަރުގެ ރަމަޟާން މަސް ފެށޭނީ މާރިޗު މަހުގައި ކަމަށްވުމާއެކު، އެއީ ރާއްޖޭގައި އެންމެ ހޫނުގަދަވާ ދުވަސްވަރު ކަމަށްވާތީ، ކަރަންޓުގެ ބޭނުންކުރުން އާދަޔާ ޚިލާފަށް އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް، މި ރަމަޟާން މަހުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓުގެ މައްސަލަ ހައްލުކުރެވޭނެ ކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދީފައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by Stelco