ވިޔަފާރި

އޮންލައިން އޮޓޮމޭޓަޑް ޓްރޭޑިންގ ނިޒާމެއް؛ ސްޓޮކް އެކްސްޗޭންޖިން އައު އުސްމިންތަކަށް

އޮންލައިން އޮޓޮމޭޓަޑް ޓްރޭޑިންގ ނިޒާމެއް؛ ސްޓޮކް އެކްސްޗޭންޖިން އައު އުސްމިންތަކަށް

ސްޓޮކް އެކްސްޗޭންޖް/ ފޮޓޯ: އިންޓާރނެޓް

02 ފެބްރުއަރީ 2025، 07:16

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު (އެމް.އެސް.އީ) އިން، ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ލިސްޓުކޮށްފައިވާ، ސެކިއުރިޓީޒް ޓްރޭޑު ކުރުމަށް އޮންލައިން އޮޓޮމޭޓަޑް ޓްރޭޑިންގ ނިޒާމެއް ތައާރަފްކޮށްފިއެވެ. ރަސްމީ ސިފައިގައި މި ނިޒާމު އާނމުންނަށް ހުޅުވާލާފައި ވަނީ އެކުންފުނީގެ 17 ވަނަ އަހަރީ ދުވަހާ ދިމާކޮށް މިދިޔަ ޖަނަވަރީ މަހުގައެވެ.



މި ނިޒާމަކީ، ސެކުއިރިޓީޒް މާކެޓުގައި ރަޖިސްޓްރީ ކޮށްގެން ބޮރޯކަރުންގެ ޚިދުމަތް ދެމުންދާ ކުންފުނިތަކަށް ސްޓޮކް އެކްސްޗޭންޖް ލައިވްކޮށް އިންވެސްޓަރުންގެ އޯޑަރުތައް ފޮނުވުމަށް މަގުފައިކޮށްދޭނެ ނިޒާމެކެވެ. އޮޓޮމޭޓަޑް ޓްރޭޑިންގ ނިޒާމުގެ ތެރެއިން ގުޅުވާލަދޭ ޒަމާނީ ޓެކްނޮލޮޖީގެ ޒަރީއާއިން މަގުފަހިކޮށްދިނުމުގެ ގޮތުންނާއި، އޯޑަރުތައް މާކެޓުގައި ޓްރޭޑިންގ ބޯޑަށް ވަގުތުން ފޮނުވުމުގެ ގޮތުން، "އޯޑަރ މެނޭޖްމަންޓް ސިސްޓަމް (އޯ.އެމް.އެސް)" ގެ ނަމުގައި ބްރޯކާރ ބެކް އޮފީސް ވެބް އެޕްލިކޭޝަނެއް ވެސް ވަނީ ހިމެނިފައެވެ.

އޮޓޮމޭޓަޑް ޓްރޭޑިންގ ނިޒާމަކީ، އިންވެސްޓަރުންނަށް ފަސޭހަކަމާއެކު ޓްރޭޑު ކުރުމުގެ މަގުފަހިކޮށްދިނުމަށް ޤާއިމްކުރެވިފައިވާ ވަސީލަތެއްކަމަށާއި، އިންފިނިޓީގެ ޓްރޭޑް ކަނެކްޓް މެދުވެރިކޮށް މާކެޓްގެ އެންމެފަހުގެ މަޢުލޫމާތާއި، އަގުތަކަށް އައިސްފައިވާ ބަދަލުތަކާއި، އޯޑަރ ބުކްގެ ތަފްސީލުތައް އިންވެސްޓަރުންނަށް ފަސޭހަކަމާއެކު ލިބެން ހުންނާނެކަމަށް ސީއީއޯ ވިދާޅުވެފައިވެއެވެ. މީގެ ސަބަބުން، މާކެޓުގެ ޓްރާންސްޕޭރަންސީ އިތުރުވެ، އިންވެސްޓަރުންނަށް އެކަށީގެންވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނެކަމަށް ވެސް ޕީއެސްއެމް ނިއުސްއަށް ދިން ބަސްދީގަތުމެއްގައި އެމް.އެސް.އީގެ ސީއީއޯ އައުޝަން ލަތީފް ވިދާޅުވެފައިވެއެވެ.

އަޅުގަނޑުމެންގެ މި ޓްރޭޑްކަނެކްޓް ތްރޫކޮށް އޭޕީއައިއެއް ތްރޫކޮށް ކަނެކްޓް ކުރެވޭނެ ގޮތްތަކެއް އިންނާނެ މި ސިސްޓަމްތެރޭގަ ފެސިލިޓޭޓްކުރެވިފަ. އޭގެ މާނައަކީ އަސްލު ދެން ހަމަ އިތުރަށް ނަގާ ލައިސެންސްތަށްވެސް އަދި އެބޭފުޅުންގެ ޓެކްނޮލޮޖީއަށް ގުޅުވާލެވޭނެ. އެއީ އަޅުގަނޑު ގަބޫލުކުރެވޭ ގޮތުގައި އެންމެ ޔުނީކް ކަމަކީ އަލުގަނޑުމެންގެ މި ޓެކްމޮލޮޖީ ގާއިމްކުރެވިފައިވާ ގޮތާދޭތެރޭ. އަޅުގަނޑުމެންގެ މި ޓެކްނޮލޮޖީ ތްރޫކޮށް އެހެންފަރާތްތަކުގެ ޓެކްނޮލޮޖީ އިންޕްރޫވް ކުރަން ވަރަށް ބައިވަރު ފުރުސަތުތަކެއް އެބަ ލިބޭ. ދެން ޑޭޓާ ޝެއާ ކުރުމާއި އިންފޮމޭޝަން ޝެއާ ކުރުމާއި ރިއަލް ޓައިމް ޑޭޓާ މޮނީޓަރ ކުރުން.

އައުޝަން ލަތީފް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން