Ads by Exprox

ޚަބަރު

ޚާއްސަ ޓިކްޓޮކް ޗެލެންޖެއް: މުޅި ޗެލެންޖުން ހޮވޭ ފަރާތަކަށް 15000ރ

ޚާއްސަ ޓިކްޓޮކް ޗެލެންޖެއް: މުޅި ޗެލެންޖުން ހޮވޭ ފަރާތަކަށް 15000ރ

އުފެއްދުންތެރިކަމުގެ މަޢުރަޒާ ގުޅޭގޮތުން ބޭއްވުނު މަޝްވަރާއެއްގެ ތެރެއިން/ ފޮޓޯ: ބީސީސީ އެކްސް

02 ފެބްރުއަރީ 2025، 08:04

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025އަށް ޚާއްޞަކޮށްގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ޓިކްޓޮކް ޗެލެންޖެއް ފަށައިފިއެވެ. މި ޗެލެންޖް ކުރިއަށްދާނީ އޭޕްރިލް މަހުގެ 30 ވަނަ ދުވަހާ ހަމައަށެވެ.

މިޗެލެންޖުގައި ކޮންމެ މަހަކު އެއްވަނައަށް ހޮވޭ ފަރާތަކަށް 3،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށާއި، ޗެލެންޖުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުގެ ހުށަހެޅުންތަކަށް ބެލުމަށްފަހު އެންމެ މޮޅު ކޮންޓެންޓެއް ހުށަހަޅާ ފަރާތަކަށް ގްރޭންޑް ޕްރައިޒްގެ ގޮތުގައި 15،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަށް ބީސީސީއިން ހާމަކޮށްފައިވެއެވެ. ހަމައެހެންމެ، މި ޗެލެންޖުގައި ބައިވެރިކުރާ ވީޑިއޯތައް ވާންޖެހޭނީ ދިވެހީންގެ އުފެއްދުންތެރިކަން ދައްކުވައިދޭ އަދި ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް 2025 އިސްތިހާރުކޮށް މައުރަޒަށް ޒިޔާރަތްކުރުމަށް ބާރުއަޅާ ވީޑިއޯއަކަށްކަމަށް ވެސް އެ ކުންފުނިން ވިދާޅުވެފައިވެއެވެ.


އިނާމް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ބަލާނީ، އުފެއްދުންތެރިކަމަށާއި، އަމިއްލަވަންތަކަމަށާއި، ކޮންޓެންޓަށާއި އެންމެ ގިނަ ލައިކް އަދި ޝެއަރ ލިބޭ ފަރާތްތަކަށްކަމަށް ބީސީސީން ވިދާޅުވެއެވެ.

އުފެއްދުންތެރިކަމުގެ މަޢުރަޒަށް ޚާއްސަ ޓިކްޓޮކް ޗެލެންޖްގައި މާކްސް ދޭނެގޮތުގެ ރުބްރިކު:

  • ވީޑިއޯގެ ކޮންޓެންޓް: %30
  • އެންމެ އެންގޭޖްމަންޓް ގިނަ ވީޑިއޯ (ލައިކް، ޝެއަރ އަދި ކޮމެންޓް): %30
  • އުފެއްދުންތެރިކަމާއި އަމިއްލަވަންތަކަން: %40

މި މައުރަޒަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ލަފަޔާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބާއްވާ ޚާއްޞަ މައުރަޒެކެވެ.

ރާއްޖޭގައި ތިބި ފަންނުވެރިން ޕްރޮމޯޓްކޮށް އެމީހުންގެ ހުނަރު ތަރައްޤީކުރުމަށް ގިނަ ކަންތައްތަކެއް މި މަޢުރަޒުގައި ކުރިއަށް ދާނެކަމަށް ބިޒްނަސް ސެންޓަރ ކޯރޕަރޭޝަނުން ވިދާޅުވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco