ޚަބަރު
އިމާރާތްކުރުމާގުޅޭ ޤަވާއިދުތައް އިސްލާހުކުރުމަށް ކޮންސްޓްރަކްޝަން އެސޯސިއޭޝަނާއެކު މަޝްވަރާކޮށްފި
ފޮޓޯ: ކޮންސްޓްރަކްޝަން ސެންޓާރ ކައުންސިލް
އިމާރާތްކުރުމުގެ ދާއިރާއާ ގުޅުންހުރި ފަރާތްތަކާއި ގުޅޭ ޤަވާއިދުތައް އިސްލާހުކުރުމަށް މަސައްކަތްކުރުމުގެ ތެރެއިން، އިމާރާތްކުރުމާއި، ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ކޮންޓްރެކްޓާރސް އެސޯސިއޭޝަންގެ މެންބަރުންނާ މަޝްވަރާކޮށްފިއެވެ.
އެސޯސިއޭޝަންގެ މެންބަރުންނާއި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ޢިމްރާން ޙަސަން އަދި މިނިސްޓްރީގެ ޓެކްނިކަލް ޓީމުން ހިމެނޭހެން ބޭއްވި މި ބައްދަލުކުރެއްވުމަކީ، އިމާރާތްކުރުމުގެ ދާއިރާގައި ޢަމަލީ މަސައްކަތްކުރާ ފަރާތްތަކާއި ގުޅޭ ޤަވާއިދަށް އިޞްލާޙު ގެނައުމަށްޓަކައި ކުރިއަށްގެންދާ ސްޓޭކްހޯލްޑަރ މަޝްވަރާ ބައްދަލުވުންތަކުގެ ސިލްސިލާގެ ތެރެއިން ބޭއްވި ބައްދަލުވުމެއްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ޢިމްރާން ޙަސަން އަދި މިނިސްޓްރީގެ ޓެކްނިކަލް ޓީމުން، ކޮންޓްރެކްޓަރސް އެސޯސިއޭޝަންގެ މެންބަރުންނާއެކު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމަކީ، އިމާރާތްކުރުމުގެ ދާއިރާގައި ޢަމަލީ މަސައްކަތްކުރާ ފަރާތްތަކާ ގުޅޭ ގަވާއިދަށް… pic.twitter.com/w9HCcDUGSk
— Ministry of Construction, Housing & Infrastructure (@MoCImv) January 30, 2025
މިފަދަ ބައްދަލުވުންތަކަކީ ސަރުކާރާއި އަމިއްލަ ފަރާތްތަކާއި ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ދާއިރާގެ މައްސަލަތަކަށް ޙައްލު ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއްކަމަށް ކޮންޓްރެކްޓަރސް އެސޯސިއޭޝަންގެ ފަރާތުން ފާހަގަކުރައްވާފައިވެއެވެ.
ޢުމްރާނީ ގިނަ ޕްރޮޖެކްޓްތަކެއް ރާއްޖޭގައި އެއްފަހަރާ ހިންގަމުން އަންނައިރު، މި ދާއިރާގެ އޫސުލުތަކާއި ޤަވައިދުތައް އަދި ސިނާއަތުގައި މަސައްކަތްކުރާ މީހުންގެ ސަލާމަތާ ރައްކާތެރިކަން އިތުރުކުރުމަށްވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.