Ads by Exprox

ޚަބަރު

1.4 މިލިއަން ފަތުރުވެރިން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވޭ!

1.4 މިލިއަން ފަތުރުވެރިން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވޭ!

ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންތަކެއް. ފޮޓޯ:އިންޓަރނެޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ސެޕްޓެމްބަރު 2024، 03:26

17 ސެޕްޓެމްބަރު 2024، 03:26

ހުލާސާ

މި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް ޖުމްލަ 1,675,303 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ.

މި ޢަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 1,290,332 އާއި އަޅާ ބަލާއިރު، 10.2 އިންސައްތައިގައި ކުރި އެރުމެއް.

1.4 މިލިއަން ފަތުރުވެރިން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

 ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާއްމުކުރާ ފަތުރުވެރިކަމުގެ ޑެއިލީ ރިޕޯޓުން ދައްކާގޮތުގައި، މި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް ޖުމްލަ 1,675,303 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މި ޢަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 1,290,332 އާއި އަޅާ ބަލާއިރު، 10.2 އިންސައްތައިގައި ކުރި އެރުމެކެވެ. 

ހިނގަމުންދާ ސެޕްޓެމްބަރު މަސް ފެށިގެން މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް ޖުމުލަ 62,561 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރީ 60,251 ފަތުރުވެރިންނެވެ. މިއީ 3.8 އިންސައްތައިގެ ކުރިއެރުމެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

މިމަހުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މިގޮތުން އެދުވަހު ރާއްޖެއަށް 5,202 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި 1.4 މިލިއަން ފަތުރުވެރިންގެ ތެރެއިން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ޗައިނާއިންނެވެ. ރާއްޖެއަށް 207,749 ފަތުރުވެރިން ޒިޔާރަތްކުރި ޗައިނާ އޮތީ 14.6 އިންސައްތައިގެ މާކެޓް ޝެއާ އާއިއެކު، ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ އެއްވަނައިގައެވެ.

ޖުމްލަ 154,178 ފަތުރުވެރިންނާއި އެކު ރަޝިޔާ ދެވަނައިގައި އޮތް އިރު މާކެޓްގެ ތިން ވަނައިގައި އޮތީ 121,903 ފަތުރުވެރިންނާއިއެކު އިނގިރޭސިވިލާތެވެ.

ސަރުކާޒުގެ އަމާޒަކީ މިކުރިއަށްދާ 2024 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco