Ads by Exprox

ޚަބަރު

ބްރިޖާއި ހައިވޭގައި ސައިކަލެއްގައި ސަރފްބޯޑެއް އުފުލި މީހާއަށް ފިޔަވަޅު އަޅައިފިން: ޝިފާން

ބްރިޖާއި ހައިވޭގައި ސައިކަލެއްގައި  ސަރފްބޯޑެއް  އުފުލި މީހާއަށް ފިޔަވަޅު އަޅައިފިން: ޝިފާން

ފުލހުން ސިނަމާލެ ބްރިޖް ކައިރީގައި ހަރަކާތްތެރިވަނީ. ފޮޓޯ: އެމްޕީއެސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ސެޕްޓެމްބަރު 2024، 03:27

17 ސެޕްޓެމްބަރު 2024، 03:27

ބްރިޖާއި ހައިވޭގައި ސައިކަލެއްގައި  ސަރފްބޯޑެއް އުފުލި މީހާއަށް ފިޔަވަޅު އަޅައިފައިވާ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވެއްޖެއެވެ. 

ޝިފާން މިހެން ވިދާޅުވީ އޭނާ އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ. 

ޝިފާންގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ ސިނަމާލެ ބްރިޖާއި ހައިވޭ ހުރަސްކޮށް ސައިކަލުގައި ސަރފްބޯޑެއް އުފުލި މީހަކާމެދު، ޤަވައިދާ ޚިލާފަށް މުދާ އުފުލުމުގެ މައްސަލައިގައި ފިޔަވަޅު އަޅާފައިވާ ވާހަކަ ދަންނަވާ ކަމަށެވެ.

މިފަދަ ޢަމަލުތަކަކީ ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެދާނެ ކަންކަން ކަމުގައިވާތީ، މިފަދަ ޢަމަލުަތަކުން ދުރުހެލިވުމަށް އެންމެހައި ފަރާތްތަކަށް ހަނދާން ކޮށްދެން - ޝިފާން ވިދާޅުވެފައިވެއެވެ. 



އެމީހާ ސަރފްބޯޑު ހިފައިގެން ސައިކަލުގައި ދިޔަ މަންޒަރު ވީޑިއޯކޮށް މީހަކު ވަނީ ސޯޝަލް މީޑިއާގައި އެވީޑިއޯ އާންމުކޮށްފައެވެ. 

ތަކުރާރުވަމުންދާ މިފަދަ ކަންކަން ހުއްޓުވުމަށް ފުލުހުން ދަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco