ޚަބަރު
ސްޓެލްކޯގެ އިސްވެރިން އިންޖީނުގެތަކުގެ ޙާލަތު ބެއްލެވުމަށް ހިއްމަފުއްޓާއި ގާފަރަށް

ސްޓެލްކޯގެ އިސްވެރިން ހިންމަފުއްޓާއި ގާފަރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ފޮޓޯ:ސްޓެލްކޯ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ އާއި ކުންފުނީގެ އިސްވެރިންގެ ޓީމެއް ވަނީ ކ. އަތޮޅުގެ ދެ ރަށަކަށް ޒިޔާރަތްކުރައްވާފައެވެ. މި ދަތުރުފުޅުގެ މަޤްޞަދަކީ އަތޮޅުތެރޭގެ އިންޖީނުގެތަކުގެ ޙާލަތު ގާތުން ބެއްލެވުމާއި، ޚިދުމަތް ފޯރުކޮށްދިނުމުގައި ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމެވެ.
މި ކުންފުނީގެ އަތޮޅުތެރޭ އިންޖީނުގެތަކުގެ ޙާލަތު ގާތުން ދެނެގަތުމަށާއި، ޚިދުމަތް ފޯރުކޮށްދިނުމުގައި ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމަށްޓަކައި، އަދި މި ކަންކަމަށް ޙައްލު ހޯދުމުގައި މުވައްޒަފުންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ ގޮތުން، މެނޭޖިންގ ޑިރެކްޓަރ @HussainFahmy09 އާއި… pic.twitter.com/2JstUkIPKA
— STELCO (@STELCOMALDIVES) February 3, 2025
ސްޓެލްކޯގެ އެކްސް ޕޯސްޓު މެދުވެރިކޮށް މަޢުލޫމާތު ހިއްސާކޮށްފައިވާ ގޮތުގައި، މި ދަތުރުފުޅުގައި ޒިޔާރަތްކުރެއްވި ރަށްތަކަކީ ކ. ހިންމަފުށި އަދި ކ. ގާފަރެވެ. މި ދަތުރުފުޅުގައި ކުންފުނީގެ އިސްވެރިން ވަނީ އެ ރަށްރަށުގެ އިންޖީނުގެތަކުގެ ޙާލަތު ބައްލަވާ، މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ.
ކުރިއަށްއޮތް ރަމަޟާން މަހުގައި ރައްޔިތުންނަސް ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތް މެދުނުކެންޑި އެންމެ ފުރިހަމައަށް ފޯރުކޮސްދިނުމަށް ސްޓެލްކޯއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.