Ads by Exprox

ޚަބަރު

މިދިޔަ އަހަރުގެ ފަހު ކުއާޓަރގައި އާސަންދައިން ބޭހަށް ކުރި ޚަރަދު ކުޑަ؛ އާސަންދަ

މިދިޔަ އަހަރުގެ ފަހު ކުއާޓަރގައި އާސަންދައިން ބޭހަށް ކުރި ޚަރަދު ކުޑަ؛ އާސަންދަ

އާސަންދައަށް ބޭސް ދޫކުރާ ބޭސްފިހާރައެއް/ ފޮޓޯ: އެޑިޝަން އެމްވީ

03 ފެބްރުއަރީ 2025، 10:28

2024 ވަނަ އަހަރުގެ ފަހު ކުއާޓަރގައި ބޭސްފަރުވާއަށް އާސަންދަ މެދުވެރިކޮށް 817 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އާސަންދައިގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އާސަންދައިން ވިދާޅުވީ މިއީ އޭގެކުރިން 2024 ވަނަ އަހަރުގެ ފަހު ކުއާޓަރގައި ބޭސްފަރުވާއަށް އާސަންދަ މެދުވެރިކޮށް 817 މިލިޔަން ޚަރަދުކުރި ކުރުމަށްވުރެ 4.3% ދަށް އަދަދެއްކަމަށެވެ. 

އާސަންދަ ނިޒާމުގެތެރެއިން ބޭސްފަރުވާއަށް ކުރެވެމުންދާ އަދަދު އަހަރަކަށްވުރެ އަހަރެއް ދަނީ އިތުރުވަމުންނެވެ. އެހެންނަމަވެސް، މިދިޔައަހަރުގެ ފަހު ކުއާރޓާގައި ބޭސްފަރުވާއަށް ދަޢުލަތުން ކޮށްފައިވާ ހޭދައާއި، 2023ވަނަ އަހަރުގެ ފަހު ކުއާރޓަރގައި ބޭސްފަރުވާއަށް އާސަންދާއިން ހޭދަވެފައިވާ މިންވަރާ އަޅާކިޔާއިރު، ހޭދަކުރެވިފައިވާ ފައިސާގެ މިންވަރު ދައްވެފައިވާކަމަށް އެ ކުންފުނިން މަޢުލޫމާތުދެއްވައެވެ. 

2023 އާސަންދާގެ ތަފާސްހިސާބުތައް ހެކިދާގޮތުގައި، 2023 ވަނަ އަހަރު 279،851 މީހަކު މި ޚިދުމަތް ހޯދާފައިވާއިރު މިދިޔަ އަހަރުގެ ފަހު ކުއާޓަރގައި މި ޚިދުމަތް ހޯދާފައިވަނީ 278،330 މީހުންނެވެ.



އާސަންދައިން ވިދާޅުވީ، އާސަންދަ މިޑިކަލް ސްކީމުގެ ދަށުން ކުއްލިހާލަތުގައި އެއްރަށުން އަނެއްރަށަށް 1393  ފަހަރެއްގެ މަތިން މީހުން ގެންގޮސްފައިވާކަމަށާއި، ބޭސްފަރުވާއަށް އާސަންދަ މެދުވެރިކޮށް އެ މުއްދަތުގެ ތެރޭގައި 2327 ބަލި މީހަކު ރާއްޖެއިން ބޭރުން ފަރުވާއަށް ފޮނުވާފައިވާކަމަށެވެ.

އާސަންދައިން ކުރަންޖެހޭ ޚަރަދު އަހަރަކަށްވުރެ އަހަރެއް އިތުރުވުމުގެ ސަބަބުން، ޞިއްޙީ ޚިދުމަތް ހޯދުމަށް ރާއްޖެއިން ބޭރަށްދާ ބަލިމީހުންގެ އަދަދު މަދުކުރުމަށް ޓަކައި ރާއްޖޭގެ ޞިއްޙީ ޚިދުމަތްދޭ ނިޒާމު ފުޅާކޮށް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަށްވަމުންނެވެ. ހަމައެއާއެކު އާސަންދައިގެ ދަށުން ކުރަމުންދާ އިސްރާފު ކުޑަކުރުމަށްޓަކައި ނިމިދިޔަ އޮކްޓޯބަރު މަހުވަނީ ބަދަލުތަކެއް ގެންނަވާ، ބޭސްފަރުވާގައި ޕްރައިވެޓް އިންޝުއަރެންސްއަށް އިސްކަންދިނުމަށް ނިންމާ، އާސަންދައިގެ ދަށުން އެނޫން ފަރާތްތަކަށް ބޭސްފަރުވާ ކުރެވޭގޮތަށްވަނީ ބަދަލުގެނެސްފައިވެއެވެ.

ބޭސް ގަތުމަށާއި، ބަލްކް ޕްރޮކިއުމަންޓް އުސޫލުން ބޭސް އެތެރެކުރެވޭނެ އިންތިޒާމު ޤާއިމުކުރުމަށް އަހަރެއްގެ މައްޗަށް 3 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ހޭދަކުރަށްވައެވެ. މިއާއެކު ދުރު މުސްތަޤުބަލުގައި އާސަންދައިން ބޭސްފަރުވާއަށް ކުރަމުންދާ ހޭދަ ކުޑަކޮށް އެ ފައިސާއަކީ ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ހޭދަކުރެވޭ ފައިސާއަށް ހެދުމަކީ ސަރުކާރުން ޞިއްޙީ ދާއިރާއަށް ކަނޑައަޅުއްވާފައިވާ މުހިއްމު އަމާޒެކެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco