Ads by Exprox

ޚަބަރު

ލ. ގަން ފެނުގެ މަޝްރޫޢު ނިމުމަކާ ގާތްވެއްޖެ

ލ. ގަން ފެނުގެ މަޝްރޫޢު ނިމުމަކާ ގާތްވެއްޖެ

ލ. ގަން/ ފޮޓޯ: ދި އެޑިޝަން

03 ފެބްރުއަރީ 2025، 10:37

އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ އެކްސް ގައި، ލ.ގަން ފެނުގެ މަޝްރޫޢުގެ އަދާހަމަ ހާމަކޮށްދެއްވައިފިއެވެ. 

މަ މަޝްރާޢުގެ ދަށުން، ލ. ގަމުގައި 250 ޓަނުގެ ދެ އާރްއޯ ޕްލާންޓް ޤާއިމުކުރެވިފައިވާއިރު، 60 ޓަނުގެ ވާރޭފެން ޕްލާންޓަކާއި، 720 ޓަނުގެ ބޯފެން ރައްކާކުރާ 2 ޓޭންކާއި، 1080 ޓަނުގެ ބޯފެން ރައްކާކުރާ ދެ ޓޭންކުވެސް މިހާރު ވަނީ ޤާއިމުކުރެވިފައެވެ. ހަމައެހެންމެ، 900 ޓަނުގެ ވާރޭފެން ރައްކާކުރާ ޓޭންކަކާއި، 25 ކިލޯވޮޓުގެ ދެ ސޯލާ ޕެނަލް ވެސް މި މަޝްރޫޢުގެ ދަށުން ޤާއިމުކުރެވިފައިވެއެވެ. 



މި މަޝްރޫޢުގެ މަސައްކަތްތައް ނިންމާ، މިހާރުވަނީ މި ނިޒާމުތައް އޮމާންކަމާއެކު ހިންގުމަށް ހަވާލުވާން ތިބި އޮޕަރޭޓަރުންނާ މި ތަންތަން ހަވާލުކޮށްފައެވެ. ޑިފެކްޓްސް ލަޔަބިލިޓީ ޕީރިއަޑުގެ ދަށުން މިތަންތަނުގެ ޚިދުމަތް އާންމުންނަށް ފޯރުކޮށްދެވެމުން ދާކަމަށް ވެސް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއްވައެވެ. 

ފެނާއި ކަރަންޓުގެ ހަރުދަނާ ނިޒާމެއް ލ. ގަމުގައި ޤާއިމުކުރުމަސް ސަރުކާރުން ވަނި، ވަރަށް ގިނަ ރޭވުންތަކެއް ރާވައި، މި މަޝްރޫޢު ހިންގުމަށް ބޮޑެތި ޚަރަދުތަކެއް ކުރަށްވާފައެވެ. މި މަޝްރޫޢުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެ ވުޒާރާއިން ޤަބޫލުކުރައްވައެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco