Ads by Exprox

ޚަބަރު

ސްކޫލަކަށް ވަދެ ބިރުދެއްކި މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި!

ސްކޫލަކަށް ވަދެ ބިރުދެއްކި މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި!

ޕްރޮސިކިޔުޓާ ޖެނެރަލްގެ އޮފީސް. ފޮޓޯ:ސަން މީޑީއާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ސެޕްޓެމްބަރު 2024، 05:36

17 ސެޕްޓެމްބަރު 2024، 05:36

ސްކޫލަކަށް ވަދެ، އެސްކޫލްގެ ބައެއް ޓީޗަރުން ނަށް ބިރުދެއްކި މީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސިކިޔުޓަރ ޖެނެރަލް އޮފީހަށް ފޮނުވައިފިއެވެ. 

މި ހާދިސާ ހިނގައިފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 6 ވަނަ ދުވަހުއެވެ. މި މައްސަލައިގައި ފުލުހުން ވަނީ 41 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ.

އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ ޖެހީ 30 ދުވަހެވެ. 30 ދުވަސް ހަމަވުމުން އިއްޔެ ވަނީ އެނާގެ ބަންދަށް އިތުރު 15 ދުވަސް ޖަހާފަ އެވެ.

މި މައްސަލައިގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީއަތުގައި ފުލުހުން ވިދާޅުވީ، އެ މީހާއާ ދެކޮޅަށް ދައުވާކުރަން އިއްޔެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށެވެ. އެހެންކަމުން މައްސަލައިގައި ދައުވާކުރުމާ މެދު އެ އޮފީހުން ގޮތެއް ނިންމުމުން އެ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމާ މެދު ގޮތެއް ނިންމުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ދެކޭ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އެ މީހާ ބައެއް ޓީޗަރުންނަށް ބިރުދައްކާފައިވަނީ ސްކޫލު ދަރިވަރުންގެ ވެސް ކުރިމަތީގައެވެ.

ކޯޓު އަމުރުގައި މި މައްސަލައިގައި ބަންދުކުރި މީހާއަކީ ބިރުދެއްކުމުގެ މައްސަލަތަކުގެ ކުށުގެ ރިކޯޑު އޮތް މީހެއްކަން ވަނީ ފާހަގަކުރައްވައިފައެވެ.

މި ސަބަބާހުރެ އޭނާ އިތުރު 15 ދުވަހުގެ މުއްދަތަކަށް ބަންދުކުރަން އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco