ޚަބަރު
މިދިޔަ އަހަރު މާލެ ސަރަޙައްދަށް ރެޖިސްޓްރީކުރި 4 ފޮރިޅުލީ އުޅަނދުގެ ނިސްބަތް %74 ދަށް

އެއާރޕޯޓުގައި ޓެކްސީތަކެއް---
ހުލާސާ
ގަރާޖުގެ ސައްޙަކަން ކަށަވަރުކުރުމަށް މިނިސްޓްރީގެ ފަރާތުން ގަރާޖު ބެލުމަށް އަންނަނީ ޒިޔާރަތްކުރަމުން.
މިދިޔަ އަހަރު މާލެ ސަރަޙައްދަށް ރެޖިސްޓަރކުރި 4 ފޮރިޅުލީ އުޅަނދުގެ ނިސްބަތް، އޭގެ ކުރީ އަހަރާ ބަލާއިރު %74.1 ދަށްކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މީގެ ކުރިން 4 ފޮރުޅުލީ އުޅަނދު ރެޖިސްޓްރީ ކުރުމުގައި ޤަވާއިދާ ޚިލާފު ގިނަ ކަންތައްތަކެއް ވަނީ ހިނގާފައެވެ. އެގޮތުން އުޅަނދު ރެޖިސްޓްރީކުރުމަށް ހުށަހަޅާ ގަރާޖުގެ ސައްޙަކަން ކަށަވަރު ނުކުރާކަން ފާހަގަކޮށްފައިވެއެވެ.
ނަމަވެސް، އެ ވުޒާރާއިން އަލަށް ޢަމަލުކުރަން ފެށި އުސޫލާއެކު، 4 ފުރޮޅުލީ ކޮންމެ އުޅަނދެއް ރެޖިސްޓްރީ ކުރަމުން އަންނަނީ، އެ އުޅަނދެއް ރެޖިސްޓްރީކުރުމަށް ހުށަހަޅާ ގަރާޖުގެ ސައްޙަކަން ކަށަވަރުކުރުމަށް މިނިސްޓްރީގެ ފަރާތުން އެތަނަށް ގޮސް ގަރާޖު ޗެކްކުރުމަށްފަހުކަމަށް ހާމަކޮށްފައިވެއެވެ.
މި މަސައްކަތް ފުރިހަމަ ގޮތުގައި ކުރުމަށް އަދި ގަރާޖުގެ ސައްޙަކަން ކަށަވަރުކުރުމަށް މިނިސްޓްރީގެ ފަރާތުން އެތަނަށް ގޮސް ގަރާޖު ޗެކް ކުރާނެއެވެ. މި ކަމުގެ މައިގަނޑު މަޤްޞަދަކީ 4 ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކުރުމުގައި ޤާނޫނާއި ގަވާއިދުގެ ތެރެއިން މިނިސްޓްރީގެ ޒިންމާ އަދާކުރުމަށާއި އުޞޫލުން ބޭރުން ރަޖިސްޓްރީ ވަމުންދިޔަ ދިޔުން ނިމުމަކަށް ގެނައުމެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
އެ ވުޒާރާއިން އުޅަނދު ރެޖިސްޓްރީކުރުމުގައި މިހާރު ޢަމަލުކުރަމުންދާ އުސޫލުގެ ބޭނުމަކީ، ޤަވާއިދާ އެއްގޮތަށް އުޅަނދުތައް ރެޖިސްޓްރީ ކުރަމުންދާކަން ކަށަވަރު ކުރުމެވެ. އަދި މާލޭގެ ތޮއްޖެހުން ކުޑަކުރެވޭނީ ހަރުދަނާ އުސޫލެއްގެ ތެރެއިން މިކަން ބެލެހެއްޓިގެންކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
ކުރިން 4 ފުރޮޅުލީ އުޅަނދު ރެޖިސްޓަރ ކުރުމުގައި ބަލަމުން އައީ ގަރާޖު ސިޓީއަށެވެ. އެއީ އެ ވެހިކަލެއް ޕާކުކުރާނެ ގަރާޖެއް އޮތްކަން އަންގައިދޭ ލިއުމެވެ. ނަމަވެސް އެއް ގަރާޖަކަށް ގިނަ އަދަދެއްގެ އުޅަނދުތައް ރެޖިސްޓްރީކޮށް، މިކަން ވަނީ ބޮއްސުންލާފައެވެ. އެންމެފަހުން ގަރާޖު ސިޓީއަކީ ބޮޑު ވިޔަފާރިއަކަށްވެގެން ދިޔައެވެ.
ނަމަވެސް ގަރާޖު ސިޓީއަށް ސަލާން ޖެހުމަކީ ދެކޮޅު ނުޖެހޭ ސިޔާސަތެއް ކަމަށާއި އެކަން ހުއްޓުވާނެކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.