ދުނިޔެ

517 ކެރެޓުގެ ޖަވާހިރުން ހަދާފައިވާ "ސްކަލްޕްޗަރ"އެއް ދައްކާލައިފި

517 ކެރެޓުގެ ޖަވާހިރުން ހަދާފައިވާ "ސްކަލްޕްޗަރ"އެއް ދައްކާލައިފި

"ފްރޯޒަން ވިތް ޑިޒައަރ" ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 ފެބްރުއަރީ 2025، 08:48

04 ފެބްރުއަރީ 2025، 08:48

ރިޔާދުގެ ފޯ ސީޒަންސް ހޮޓެލްގައި އާދީއްތަ ދުވަހު މަޝްހޫރު އަމެރިކާ އާޓިސްޓް ބްރެންޑަން މަރފީ އޭނާގެ އަގުހުރި މަސައްކަތެއް ކަމުގައިވާ "ފްރޯޒަން ވިތް ޑިޒައަރ" ހާމަކޮށްފިއެވެ. މި އުފެއްދުމަކީ 517 ކެރެޓުގެ ޑައިމަންޑު ޕްލެޓިނަމްގައި ހަރުކޮށްގެން ހަދާފައިވާ އުފެއްދުމެކެވެ.

މަރފީގެ އެތައް އުފެއްދުމެއް މިހާރު ވަނީ ހޮޓެލްގެ ކެފޭ ބޫލުޑްގައި އެއް މަސް ދުވަހުގެ މުއްދަތަށް ބެހެއްޓިފައެވެ. މިއީ ސައުދީ އަރަބިއްޔާގައި އޭނާ ބާއްވާ ދެވަނަ މައުރަޟެވެ. ކުރިން އޭނާގެ މައުރަޟެއް ބޭއްވިފައިވަނީ ނޮވެމްބަރު މަހު އަހުލާމް ގެލެރީގައެވެ.

މަރފީ ވިދާޅުވީ "ފްރޯޒަން ވިތް ޑިޒައަރ" އަކީ އޭނާގެ "ބޫންޖީ ސްޕޭސްމަން" ސިލްސިލާގެ އިތުރު ބައެއް ކަމަށެވެ. މި އުފެއްދުމުން ދައްކުވައިދެނީ ހަމައެކަނި ބޭރު ޖައްވަށް ދަތުރުކުރުމެއް ނޫން ކަމަށާއި، އަންނަން އޮތް ކަންކަމާ ކުރިމަތިލުމުގެ ހިތްވަރު ކަމަށް އޭނާ ވިދާޅުވިއެވެ.

އެސްޓްރޯނޯޓް ހެދުމުގެ އެތެރޭގައި އިންނަނީ ކާކު؟ އެމީހަކު ވިސްނަނީ ކޮން ކަމަކާ؟ މިއީ އަހަރެންނަށް ވަރަށް ޝައުޤުވެރިކަން ހުރި ކަމެއް،މިއީ އަންނަން އޮތް ކަމަކާ ކުރިމަތިލުމުގެ ވާހަކަ. ހަމަ ކޮންމެ އުފެއްދުންތެރިއެއްވެސް އައު އުފެއްދުމެއް އުފައްދާ ފަދައިން

މަރފީ 

މި މައުރަޟާއެކު، މެއިލުއަރ އޫވްރިއޭ ދެ ފްރާންސް އިނާމު ލިބިވަޑައިގެންފައިވާ، އަދި މި ހައި-އެންޑް ހޮޓެލްގެ ޗީޒް މާކެޓިންގ ޑިރެކްޓަރު ފިލިޕް ކެއިލުއޭ އިސްނަންގަވައިގެން ޗީޒް ރަހަ ބެލުމުގެ ސެޝަނެއްވެސް ކުރިއަށް ގެންދެވިއެވެ.

މަރފީ ވިދާޅުވީ ސައުދީ އަރަބިއްޔާއަކީ އޭނާގެ ފަންނީ ދަތުރުގެ މުހިންމު ބައެއް ކަމަށެވެ. އޭނާ ވިދާޅުވީ މި ޤައުމުގައި ސަޤާފީ ގޮތުން އާ އުފެއްދުންތެރިކަމެއް ފެށިފައިވާ ކަމަށެވެ. ނަމަވެސް ގޮންޖެހުންތަކެއް ހުރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.


                    

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS