Ads by Exprox

ޚަބަރު

އިމިގްރޭޝަންގެ ނަމުގައި ފޭރުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި!

އިމިގްރޭޝަންގެ ނަމުގައި ފޭރުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި!

އިމިގްރޭޝަނުގެ ނަމުގައި ފޭރުނު މައްސަލާގައި ހައްޔަރުކުރި މީހާ. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ސެޕްޓެމްބަރު 2024، 05:40

17 ސެޕްޓެމްބަރު 2024، 05:40

އިމިގްރޭޝަންގެ ނަމުގައި ފޭރުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ. 

ފުލުހުން ބުނެފައިވަނީ މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާ ބިދޭސީން އުޅޭ ގެޔަކަށް ވަދެ އެތަނުގައި އުޅޭ ބަންގްލަދޭޝް މީހެއްގެ އަތުން ފޯނާއި 9،000 ރުފިޔާ ފޭރުނު މައްސަލައެއް އިއްޔެ ފުލުހަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ 44 އަހަރުގެ މުހައްމަދު ނަވީން، ގ. ބެރުގެ، މާލެ އެވެ.

އިމިގްރޭޝަންގެ ނަމުގައިކަމަށް ބުނެ ގެޔަކަށް ވަދެ ފޭރުނު މި މައްސަލައާ ގުޅިގެން އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝައްމާން ވަހީދު ވިދާޅުވީ، އިމިގްރޭޝަންގެ ރެއިޑްތަކުގައި އޮފިސަރުންގެ އިމިގްރޭޝަންގެ އައިޑީ ފެންނަން ހުންނާނެ ކަމަށެވެ. އަދި މިހާރު އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންތަކަކީ އިމިގްރޭޝަންގެ އޮފިސަރުން ޔުނީފޯމް ލައިގެން ކުރިއަށްގެންދާ އޮޕަރޭޝަންތަކެއް ކަމަށެވެ.

 

މި ލިޔުން ކިޔާލުމުން

Ads by Stelco