Ads by Exprox

ޚަބަރު

މާބައިދޫ ކައުންސިލް މެންބަރު ޒަރީރު ކުއްލި ގޮތަކަށް ނިޔާވެއްޖެ

މާބައިދޫ ކައުންސިލް މެންބަރު ޒަރީރު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ޙަސަން ޒަރީރު (ވ) އާޢި އިސްދޫ ދާއިރާގެ މަޖިލިސް މެންބަރު އިސްމާއިލް ޝަފީޢު، ފޮޓޯ: އިސްމާއިލް ޝަފީއު (ފޭސްބުކް)

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

05 ފެބްރުއަރީ 2025، 06:36

05 ފެބްރުއަރީ 2025، 06:36

ލ އަތޮޅު މާބައިދޫ ކައުންސިލް މެންބަރު ޙަސަން ޒަރީރު ކުއްލި ގޮތަކަށް އިއްޔެ ނިޔާވެއްޖެއެވެ.

ޒަރީރު ނިޔާވުމާ ގުޅިގެން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިންނާއި، ވަޒީރު އާދަމް ޝަރީފު ޢުމަރު ވެސް ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ.



މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޒަރީރު ވަނީ އިއްޔެ މަސައްކަތަށް ވެސް ނިކުންނަވާފައެވެ. އަދި މެންދުރުފަހު އޮތް ކައުންސިލްގެ ބައްދަލުވުމެއްގައި ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. 

އޭގެ ފަހުން އިއްޔެގެ ހަވީރުގެ ވަގުތެއްގައި މެޔަށް ތަދެއް އެރުމާ ގުޅިގެން ސިއްޙީ ފަރުވާ ދިނުމަށް ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަކަމަށް ވެއެވެ. އަދި ޒަރީރު ނިޔާވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުންކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. 

ޒަރީރު ނިޔާވިއިރު ސިއްޙީ ގޮތުން ބޮޑު މައްސަލައެއް ހުރިކަމުގެ މަޢުލޫމާތު ލިބިފައި ނުވާކަމަށް މައިބާދޫ ކައުންސިލުން ޕީއެސްއެމްއަށް މަޢުލޫމާތު ދެމުން ހާމަކޮށްފައިވެއެވެ. 

ލ. މައިބާދޫ ކައުންސިލަކީ ކައުންސިލުގެ ރައީސް ހިމެނޭހެން 5 މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ. އެ ކައުންސިލުގެ މެންބަރު ކަމަށް ޒަރީރު އިންތިޙާބުވީ ޕީޕީއެމްގެ ޓިކެޓުގައެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS