Ads by Exprox

ޚަބަރު

ވަޒީރު ޠާރިޤު އެމްއެމްޕީއާރުސީގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި މި އަހަރުގެ ހަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ވަޒީރު ޠާރިޤު އެމްއެމްޕީއާރުސީގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި މި އަހަރުގެ ހަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ވަޒީރު ޠާރިޤު އެމްއެމްޕީއާރުސީގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވުން، ފޮޓޯ: މިނިސްޓްރީ

farudhun logo

ފަރުދުން

05 ފެބްރުއަރީ 2025، 09:31

05 ފެބްރުއަރީ 2025، 09:31

ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާޙިމް، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި، މި އަހަރު ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް އެ ކޯޕަރޭޝަނުން ރާވާފައިވާ ހަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. 

އެމްއެމްޕީއާރުސީއަކީ ކުރިން ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީގެ ދަށުން ހިންގަމުން އައި އޮފީހެއްކަމުން، މި މަހުގެ އެއްވަނަ ދުވަހު އެ ވުޒާރާއާއި ތިމާވެއްޓާ ބެހޭ ވުޒާރާ އެއްކުރައްވައި ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާ އުފެއްދެވުމާ ގުޅިގެން، އެމްއެމްޕީއާރުސީއަކީ މިހާރު ވަޒީރު ޠާރިޤުގެ ބެލެނިވެރިކަމުގެ ދަށުން ހިންގަމުން އަންނަ އޮފީހެކެވެ.

ވަޒީރު ޠާރިޤު އަންގާރަ ދުވަހު ބޭއްވެވި ބައްދަލުވުމުގެ އަނެއް ބޭނުމަކީ، އެމްއެމްޕީއާރުސީގެ އިސް ބޭފުޅުން އެ މަނިކުފާނަށް ތަޢާރަފްވުމެވެ. 



ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް އެމްއެމްޕީއާރުސީން އަންނަނީ ކޮންމެ އަހަރަކު ވެސް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އަދި އާ މާކެޓުތަކަށް ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަކީ ވެސް އެ ކޯޕަރޭޝަނުން މި އަހަރު ވަރަށް ބޮޑަށް އިސްކަމެއް ދެއްވާނެކަމެއްކަމަށް، އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ، ޝިއުރީ އިބްރާޙިމް ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS