ޚަބަރު
ތިލަމާލެ ބްރިޖުގެ މަސައްކަތާ ގުޅިގެން އިންޑިއާ ސަފީރާއެކު މަޝްވަރާކޮށްފި
 
                    އިންޑިއާ ސަފީރާއެކު ޢިމާރާތްކުރުމާއި ބެހޭ ވަޒީރު ބޭއްވި ބައްދަލުވުން / ފޮޓޯ: އިމާރާތްކުރުމާއި ބެހޭ ވުޒާރާ އެކްސް
ތިލަމާލެ ބްރިޖުގެ މަސައްކަތް އަވަސް ކުރުމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް މަޝްވަރާކުރައްވައިފިއެވެ.
އިންޑިއާ ސަފީރާއި، ވަޒީރު ޑރ. މުއްޠަލިބް ބޭއްވި ބައްދަލުވުމުގައި، އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫޢުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާ، އެންމެ ބޮޑު މަޝްރޫޢުއަކަށް މިހާރު ކުރިއަށް ގެންދަވާ ތިލަމާލެ ބްރިޖުގެ މަޝްރޫޢު އަވަސްކުރުމަށް މަޝްވަރާކުރައްވާފައިވެއެވެ.
ގްރޭޓަރ މާލޭ އޭރިއާގެ ތަރައްޤީއާއި ގުޅިފައިވާ މުހިއްމު މަޝްރޫޢު، ތިލަމާލެ ބްރިޖަކީ، އިޤްތިޞާދީ އަދި އިޖުތިމާޢީ އެތައް ބަދަލަކާއި ގުޅިފައިވާ މަޝްރޫޢެއްކަމުން، މި މަޝްރާޢު ނިމިގެންދިޔުމަކީ މި ސަރަޙައްދުގެ ރައްޔިތުންގެ ބޮޑު ހުވަފެނެކެވެ.
 
                 
                             
                                         
                 
                 
                                             
                                            