Ads by Exprox

ޚަބަރު

ކުންފުނިތަކާއި ބެހޭ ބިލް މަޖިލީހުން ފާސްކޮށްފި!

ކުންފުނިތަކާއި ބެހޭ ބިލް މަޖިލީހުން ފާސްކޮށްފި!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށްދަނީ. ފޮޓޯ: މަޖިލިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ސެޕްޓެމްބަރު 2024، 05:56

17 ސެޕްޓެމްބަރު 2024، 05:56

ކުންފުނިތަކާ ބެހޭ ޤާނޫނަށް ހުށައެޅި އިސްލާޙުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ އަޤްލަބިއްޔަތުން ފާސްކޮށްފިއެވެ. 

ސަރުކާރުގެ ފަރާތުން ކުންފުނިތަކާ ބެހޭ ޤާނޫނަށް ހުށައެޅި އިސްލާޙް ހުށަހަޅާފައި ވަނީ ފޭދޫ ދާއިރާގެ މެމްބަރު އިސްމާއިލް ނިޒާރެވެ.

ކުންފުނީގެ ޤާނޫނުގައި އޮންނަ ގޮތުން ހިއްސާދާރުންގެ ޚާއްޞަ އާންމު ޖަލްސާއެއް ބާއްވަން އެދޭނަމަ އެކަމަށް އެދި ހުށަހަޅާތާ 21 ދުވަސް ތެރޭގައި ނޯޓިސް ހުށަހަޅަން ޖެެހެއެވެ.

ނަމަވެސް ނިޒާރު ހުށަހެޅުއްވި އިސްލާޙުގައި ވަނީ އެ މުއްދަތު ތިން ދުވަހަށް ކުރު ކުރުމަށެވެ.

އަދި ޚާއްޞަ ހާލަތެއްގައި، އާންމު ޖަލްސާއެއް ބޭއްވުމުގެ ނޯޓިސް ފޮނުވަން ޖެހެނީ 14 ދުވަސް ކުރިންކަމަށް މިހާރު އޮތް ނަމަވެސް ސަރުކާރުން ހުށަހަޅާފައިވާ އާ އިސްލާޙުގައި ވަނީ އެ މުއްދަތު ވެސް ހަތް ދުވަހަށް ކުރު ކުރުމަށް ހުށަހަޅާފައެވެ.

މީގެ އިތުރުން، ޕަބްލިކް އަދި ޕްރައިވެޓް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ޑިރެކްޓަރުންގެ މަޤާމު ހުސްވެއްޖެނަމަ އެ މަޤާމަށް 30 ދުވަސް ތެރޭގައި މީހުން އައްޔަން ކުރަން އެންގުމަށް ރަޖިސްޓްރާ އޮފް ކޮމްޕެނީސްއަށް ދީފައިވާ ބާރު 10 ދުވަހަށް ކުރުކުރުމަށް ސަރުކާރުން އިސްލާޙު ހުށަހަޅާފައިވާ ކަން ފާހަގަކޮށްލަން ޖެހެއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާޙުތައް މަޖިލީހަށް ހުށަހެޅީ 11 ސެޕްޓެންބަރުގަ އެވެ. އެ ބިލާ ގުޅޭ ބަހުސް ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާގައި ކުރިއަށް ގެންގޮސްފައިވެއެވެ.

އަދި އިޤްތިޞާދީ ކޮމިޓީއަށް ފޮނުވައި ކޮމިޓީން ބިލު ފާސްކުރަން ފެންނަކަމަށް އިއްޔެ ކަނޑައަޅާފައުވާއިރު، ކޮމިޓީގެ ރިޕޯޓަށް އެއްވެސް މެންބަރަކު ބަހުސް ނުކުރުމުން، މިއަދު ބިލަށް ވޯޓަށް ވަނީ އަހާފައެވެ.

އަދި މިއަދު ނެގި ވޯޓުގައި އިސްލާޙު ފާސްވެފައިވަނީ ހުރިހާ މެންބަރުންގެ އިއްތިފާޤުންނެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by Stelco