Ads by Exprox

ޚަބަރު

މިފެށޭ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު މަޖިލީހުގެ 3ވަނަ ދައުރު ފަށަނީ!

މިފެށޭ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު މަޖިލީހުގެ 3ވަނަ ދައުރު ފަށަނީ!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ. ފޮޓޯ: މަޖިލިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ސެޕްޓެމްބަރު 2024، 06:02

17 ސެޕްޓެމްބަރު 2024، 06:02

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު މިފެށޭ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ. 

ދަައުރުން ބޭރުން މިއަދު ބޭއްވި ތިން ވަނަ ޖަލްސާގައި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް ނިންމަވާފައިވަނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު ކަމަށެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ، ދައުރުން ބޭރުގައި ޖަލްސާ ބާއްވައިގެން ކުރިއަށް ގެންދިއުމަށް 50 މެމްބަރުން ސޮއިކުރައްވައި ހުށަހެޅި ހުރިހާ މަސައްކަތެއް މިއަދު ނިންމާފައިވާކަމަށެވެ.

އެގޮތުން އޭގެ ތެރޭގައި ހިމެނެނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު އައްޔަންކުރުމާއި، ކުންފުނީގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިޞްލާޙުގެ ބިލު ފާސްކުރުމުގެ މަސައްކަތެވެ.

މިއަދުގެ ޖަލްސާގައި ވަނީ ކުންފުނިތަކާ ބެހޭ ޤާނޫނަށް އިޞްލާޙް ގެނައުމުގެ ބިލު ފާސްކޮށް، ޕީޖީގެ މަގާމަށް ހ. ޔެލޯރޯސް، އައްބާސް ޝަރީފް އައްޔަނުކުރުމަށް ފާސްކޮށްފައެވެ.

ސަރުކާރަށް ކޮންމެހެން ބޭނުންވެއްޖެ ޙާލަތެއްގައި މަޖިލީހުގެ ޖަލްސާ ބާއްވާނެ ކަމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ވަނީ ވިދާޅުވެފައެވެ. 

 

މި ލިޔުން ކިޔާލުމުން

Ads by Stelco