Ads by Exprox

ޚަބަރު

ރައީސް މުޢިއްޒުގެ ރިޔާސީ ބަޔާނަކީ ރައްޔިތުންގެ ހިތްތަކަށް އުފާވެރިކަމާއި އުއްމީދު ގެނެސްދިން ބަޔާނެއް: ސްޓެލްކޯ އެމްޑީ

ރައީސް މުޢިއްޒުގެ ރިޔާސީ ބަޔާނަކީ ރައްޔިތުންގެ ހިތްތަކަށް އުފާވެރިކަމާއި އުއްމީދު ގެނެސްދިން ބަޔާނެއް: ސްޓެލްކޯ އެމްޑީ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް ގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

06 ފެބްރުއަރީ 2025، 01:26

06 ފެބްރުއަރީ 2025، 01:26

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިއްވެވި ރިޔާސީ ބަޔާނަކީ ޤައުމުގެ އެންމެހައި ދާއިރާތަކަށް އަލިއަޅުވާލައި، ދިވެހި ރައްޔިތުންގެ ހިތްތަކަށް އުފާވެރިކަމާއި އުއްމީދު ގެނެސްދިން ބަޔާނެއް ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ އެކްސް  ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރައްޔިތުންގެ ޚިދުމަތުގައި އަޒުމާއި ފޯރިއާއެކު ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި، މި ސަރުކާރު ދެމިއޮންނާނީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައި، ނަތީޖާ ހާސިލުކޮށްދިނުމުގެ މައްޗަށް ކަމުގެ ޔަޤީންކަން ދެއްވާފައިވާ ކަމަށެވެ.

އަދި ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ އަޑުއަހައި، އެ ރައްޔިތުން ބޭނުންވާ ކަންކަން ހާސިލުކޮށްދިނުމުގައި ކާމިޔާބު ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވުމަކީ، މިއީ ޙަޤީޤަތުގައިވެސް ރައްޔިތުންގެ ސަރުކާރެއްކަން ވަރަށް ސާފުކޮށް ހާމަވެގެންދިޔަ ކަމެއް ކަމަށް ސްޓެލްކޯގެ އެމްޑީ ފާހަގަކުރެއްވިއެވެ.

ހުސެއިން ފަހުމީ އިތުރަށް ވިދާޅުވެފައިވަނީ، ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ރައީސް މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށާއި، ކުރެއްވުމަށް ރޭވިފައިވާ އެންމެހައި މަސައްކަތްތަކަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ދިވެހިރާއްޖެ ތަރައްޤީގެ މަގުގައި ކުރިއަށް ގެންދިއުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި މާތްﷲ ބަރަކާތްލައްވައި، ކާމިޔާބު މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވާ ކަމަށްވެސް ސްޓެލްކޯގެ އެމްޑީ ވިދާޅުވެފައިވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by Stelco